ސޯސަލް މީޑިއާ އަށް ޚާއްޞަ ކޮށްގެން އެޓޯލްނިއުސްގެ ގެފަރާތުން ”ކިއު އެންޑް އޭ“ ގެ ނަމުގައި ޕޯސްތަޓްކެއް ފަށައިފިއެވެ.
މިއީ މުޖްތަމަޢުގައި އުފެދިފައިވާ ޢާންމު ސުވާލުތަކުގެ ޖަވާބު ވީހާވެސް ފަސޭހައިން ވިސްނޭނޭހެން ހަދާފައިވާ ޕޯސްޓްތަކެކެވެ.
މި ސިލްސިލާގައި ދީނީ، އިޖްތިމާޢީ އަދި ޤާނޫނީ ސުވާލާއި ޖަވާބު ހިމެނެއެވެ.
މިޕޯސްޓްތައް ޢާންމު ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގަ، އެޓޯލް ނިއުސްގެ ޓުއިޓަރ، ފޭސްބުކް، އިންސްޓަރގްރާމްގެ އިތުރުން އެޓޯލްނިއުސްގެ ޕަބްލިކް ވައިބަރގައެވެ.
މި ”ކިއު އެންޑް އޭ“ ފެށުމުގެ ގޮތުން މިއަދު ޢާންމު ކޮށްފައިވަނީ ދަރިފުޅު ބައިގެން ހިނގައްޖެއްޔާ އޮންނާނީ ނިފާސްކަމުގެ ޙުކުމްތޯ؟“ އެވެ.