”އެމްއެމްސީ“ ގެ އިންތިޚާބު ފަސްކޮށްފި

2 ޑިސެމްބަރު  2016 ވާ ހުކުރު ދުވަހު ހަވީރު ބޭއްވުމަށް  ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިޚާބު ފަސްކޮށްފި އެވެ.

މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެމްސީގެ އިންތިޚާބު ފަސްކޮށްފައިވަނީ އިންތިޚާބާ ގުޅޭ ގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން ދާތީ އާއި މި އިންތިޚާބާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފައި ވާތީ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ މިނިސްޓްރީން މައުލޫމަތު ދެމުން ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން  ވަރަށް ގިނަ ފަރާތްތަކަކުން  ޝަކުވާ ހުށަހަޅަމުން ގެންދާތީ އާއި އަދި މި އިންތިޚާބާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅިފައި ވުމާއެކު ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ އިންތިޚާބު ފަސްކުރީ ކަމަށެވެ.

ހޯމް މިނިސްޓްރީން އެމްއެމްސީގެ އިންތިޚާބު ފަސްކޮށްފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު ލަސްކުރީ ކިހާ މުއްދަތަކައް ކަމެއް ހާމައެއް ނުކުރެއެވެ.

އެހެން ނަމަވެސް އެމްއެމްސީގެ އިންތިޚާބު ބާއްވާނޭ ވަކި ތާރީޚެއް ވަރަށް އަވަހަށް އިއުލާނު ކުރާނޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖުމުލަ 13 ފަރާތެއް އިންތިޚާބުކުރުމަށް ހުކުރު ދުވަހު ހަވީރު  ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ 86 މީޑިއާއަކުން ރަޖިސްޓްރީވެފައިވެ އެވެ.

މިފަހަރުގެ އިންތިޚާބުގައި މީޑިއާތަކަށް ދީފައިވާ ހަތް ޖާގައަށް 17 ފަރާތަކުން ވާދަކުރާއިރު އަމިއްލަ ގޮތުން މީޑިއާ ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހަ ފަރާތެއް އިންތިޚާބު ކުރެވޭނެ އެވެ.

އެމްއެމްސީއަށް މިހާރު އިންތިޚާބުކޮށްފައި ތިބި މެންބަރުންގެ ދައުރު މި މަހުގެ ތިން ވަނަ ދުވަހަށް ހަމަވާނެ އެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.