ޚަބަރު ފީތާ

ނަވާރަ ވަނަ ސާކް ސަމިޓު 4 ޤައުމަކުން ބޮއިޓްކޮށްފި

އަންނަ ނޮވެމްބަރު މަހު ޕާކިސްތާނުގައި ބާއްވާ ދެކުނު އޭޝިއާގެ އެންމެ އިސްވެރިންގެ ބައްދަލުވުން ނުވަތަ ސާކް ސަމިޓު 4 ޤައުމަކުން ބޮއިކޮޓް ކޮށްފިއެވެ.

އެ 4 ޤައުމަކީ އިންޑިއާ، އަފްޣާނިސްތާން، ބަންގުލަދޭޝް  އަދި ބޫޓާންއެވެ. އިންޑިއާ، އަފްޣާނިސްތާން އަދި ބަންގްލަދޭޝްއިން ސާކް ސަމިޓު ބޮއިކޮޓް ކޮށްފައިވަނިކޮށް ބޫޓާންގެ ރަސްގެފާނުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރަޙައްދުގައި ޓެރަރިޒަމްގެ ވަބާ ބޮޑުވެފައިވާ މިފަދަ ވަގުތެއްގައި ސާކު ސަމިޓްގެ މަޤުޞަދު ޙާޞިލުވާނެކަމަށް ނުފެންނާތީ ސަމިޓުގައި ބައިވެރި ނުވުމަށް ނިންމާފައިވާ ކަމަށެވެ.

އެ ސަމިޓުގައި ބަންގްލަދޭޝްއިން ބައިވެރިނުވުމަށް ނިންމީ، ސާކް ސަމިޓް ބާއްވާ ގައުމުކަމަށްވާ ޕާކިސްތާނުގައި ސަމިޓް ބޭއްވޭނެ ފަދަ މާޙައުލެއް އުފެއްދުމަށް މަސައްކަތް ނުކުރާތީ ކަމަށްބުނެއެވެ.

އިންޑިއާއިން ބޮއިކޮޓް ކުރީ ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމަކާއެކު ސަރަހައްދީ ގުޅުންތައް ބަދަހި ނުކުރެވޭނެ ކަމަށް ބުނެއެވެ.

މި ހަތަރު ޤައުމުން 19 ވަނަ ސާކް ސަމިޓް ބޮއިކޮޓް ކޮށްފައިވީ ނަމަވެސް ރާއްޖެ އާއި އަވަށްޓެރި ޝްރީލަންކާ އަދި ނޭޕާލުން ވަކި ގޮތެއް ނުނިންމައެވެ.

 

 

Rate this post