
ވޮލީބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ދ.ބަނޑިދޫގައި ފަށަނީ
ވޮލީބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް ދ.ބަނޑިދޫގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ މި ވުޒާރާއިން ވޮލީބޯލް އެސޯސިއޭޝަން އާއި ދ.ބަނޑިދޫ ކައުންސިލް އަދި އާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށްދާނީ 5 އޮކްޓޫބަރުން ފެށިގެން 15 އޮކުޓޫބަރާ ހަމައަށެވެ.
ބަނޑިދޫގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 1 އޮކުޓޫބަރެވެ.
މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތައް އެކަމަށް ހާއްސަކޮށްފައިވާ ކިއު.އާރު ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީ ވެވޭނެއެވެ.



