
ޤުރްއާނާއި ބައިބުލް އަށް ކުރެވުނު އިންޓަވިއުއަލް މަރްޖާން 2
ކޮން ނަމެއް ކިޔަނީ؟
ބައިބަލް : ނޭނގެ.
ޤުރްއާން: މަގޭ ނަމަކީ ޤުރްއާން سورة يس ގެ 2 ވަނަ އާޔަތް ބަލާލާ
وَٱلۡقُرۡءَانِ ٱلۡحَكِيمِ ٢
މާނަ: حكمة ތެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ.
- ކަލޭމެން އައީ ކޮންތާކުން؟
ބައިބަލް : ނޭނގެ.
ޤުރްއާން: އަހަރެން އައީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ންނެވެ. سورة زمر ގެ ފުރަތަމަ އާޔަތް ބަލާލާ.
تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ١
މާނަ: މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ.
- ކަލޭމެންގެ ދީނަކީ ކޮބާ؟
ބައިބަލް: ނޭނގެ
ޤުރްއާން: މަގޭ ދީނަކީ އިސްލާމް ދީން. އާލް ޢިމްރާންގެ 85 ވަނަ އާޔަތް ބަލާލާ.
وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ ٨٥
މާނަ: دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
- ކްރިސްޓީއަނުން އަޅުކަން ކުރުމަށް އާތިއްދަ ދުވަހު ޗާރޗަށް ދޭ، މުސްލިމުމް ހުކުރު ދުވަހުން މިސްކިތަށް ދޭ މިއީ ކަލޭމެން ބުނާ ގޮތްތަ؟
ބައިބަލް: ނޫން ނުބުނަން
ޤުރްއާން: އާން ބުނަން، سورة الجمعة ގެ 9 ވަނަ އާޔަތް ބަލާލާ
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ
މާނަ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ
- ބައިބަލްގެ ބައިވަރު ވާޝަން ހުރޭ، ކީއްވެ ޤުރްއާނުގެ ނުހުންނަނީ؟
ބައިލަބް: އެއީ އަހަރެން ހެދީ އިންސާނުން ކަމަށްވާތީ އެމީހަކަށް ފެންނަ ގޮތަކަށް ބަދަލު ކުރަނީ. އެއީ ދެން އޭނަގެ ވާޝަން.
ޤުރްއާން: އަހަރެން ފޮނުވި ފަރާތުން އަހަރެން ވަނީ ޙިމާޔަތް ކޮށްރައްކާ ކޮށްފަ. އަހަރެންނަށް ބަދަލެއް ނާންނާނެ.
- ކަލޭމެންގެ ރައްބަކީ ކާކު؟
ބައިބަލް: ޙަޤީޤަތުގައި އަހަންނަކަށް ނޭންގެ
ޤުރްއާން: އަހަރެންގެ ރައްބަކީ ﷲ، سورة طه ގެ 14 ވަނަ އާޔަތް ބަލާލާ.
إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا
މާނަ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ.
ނޯޓް:
މިއީ ޑރ. ޒާކިރު ނައިކް ލިޔުއްވަފާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.