ޔަމަނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ނުވަނުމަށް ހޫތީން އެދިފައިވޭ – ޓްރަމްޕް

ޔަމަނުގެ ހޫތީން، އެ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ނުވަނުމަށް އެދިފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެެއްޖެ އެވެ.

ޓްރަމްޕް މިހެން ބުނީ، ރެޑް ސީ ނުވަތަ ރަތްކަނޑަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ގުޅިގެން ހޫތީންނަށް ޙަމަލާދިނުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އެމެރިކާގެ ކިބައިން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޮނިހިރު ދުވަހު ޓްރަމްޕް ބުނީ، ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ހޫތީން ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ނުވަނުމަށް އެ ޖަމާޢަތުން އެދިފައިވާ ކަމަށެވެ.

”ހޫތީން އަހަރުމެނަށް ގުޅައި، އެމީހުން އަހަރުމެނާ ހަނގުރާމަކުރަން ބޭނުން ނުވާކަން ހާމަކޮށްފި. އެމީހުން ބޭނުމެއް ނުވޭ އަހަރުމެން އެމީހުންގެ ފަހަތުން ދާކަށް،“ ޓްރަމްޕް

މީގެ އިތުރުން ޓްރަމްޕް ފާހަގަަކުރީ، ހޫތީން ގިނަ އުޅަނދުފަހަރަށް ދަތުރުކުރުމުގެ ފުރުޞަތު ދޭ ކަމަށާއި، ނަމަވެސް އެމީހުން ”އެއް ޤައުމަކާ މެދު މާ ބޮޑަށް ހިތްހަމަނުޖެހިފައިވާ“ ކަމަށެވެ. އަދި އެ މައްސަލަ ޙައްލުކުރާނެ ކަމަށް ވެސް އޭނާ ވަޢުދު ވިއެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަދެއްކީ، މި ހަފުތާގެ ތެރޭގައި ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ހޫތީންގެ ބާރުގެ ދަށަށް ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.

ހޫތީން ވަނީ ކުއްލި ޙަމަލާތަކެއް ދީ، އިސްތިރާތީޖީ ގޮތުން މުހިންމު ރަށްތަކަކާއި ބާބުލް މަންދަބް ކަނޑުއޮޅި ހިމެނޭހެން ރަތްކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ހިފާފައެވެ. ބާބުލް މަންދަބަކީ އެރިތްރިއާ، ޖިބޫތީ އަދި ޔަމަނާ ގުޅިފައިވާ، ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ މުހިންމު ނާރެހެކެވެ. މިއީ ސަޢޫދީ ޢަރަބިއްޔާއިން އޭޝިއާއަށް ސާފުނުކުރާ ތެޔޮ ފޮނުވުމަށް ބޭނުންކުރާ މައިގަނޑު މަގެކެވެ.

އެކްސިއޯސް އިން ހުކުރު ދުވަހު ރިޕޯޓްކުރި ގޮތުގައި، އީރާނުގެ ތާޢީދު އޮންނަ ހޫތީން ރަތްކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅަމުންދާތީ، އެމީހުންނަށް ޙަމަލާދިނުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެ ފަހަރެއްގެ މަތިން ޓްރަމްޕްގެ ކިބައިން އެދިފައިވެ އެވެ.

ނަމަވެސް ޓްރަމްޕް އެކަމަށް އިންކާރުކުރި ކަމަށް ރިޕޯޓްތައްބުނެ އެވެ.

އިރާޤުން ފޮނުވާލި ޑްރޯންތަކެއް ސަޢޫދީގެ އީސްޓް-ވެސްޓް ޕައިޕްލައިނަށް ޙަމަލާދިނުމާ ގުޅިގެން، އެ ޕައިޕްލައިން ވަޤުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ސަޢޫދީން ހުކުރު ދުވަހު ބުންޏެވެ. ބަޣުދާދުގެ އެދުމުގެ މަތިން މިވަޤުތަށް ބަދަލުހިފުމުގެ ޙަމަލާއެއް ނުދޭނެ ކަމަށް ވެސް ސަޢޫދީން ބުނެފައިވެ އެވެ.

މި ޙަމަލާއާ ގުޅިގެން އިރާޤުން ތަޙްޤީޤެއް ފަށާފައިވާއިރު، އިރާޤު-އީރާން ބޯޑަރު ކައިރީގައި ހުންނަ އަލް-ތިބް ސަރަހައްދުން ޑްރޯން ފޮނުވުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ކަށަވަރުކޮށްދީފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން އިރާޤުން ވަނީ އީރާނާ ގުޅޭ ތިން ބޯޑަރު ހުރަހެއް ބަންދުކޮށްފަ އެވެ.

ސަޢޫދީގެ ތެޔޮ ޕައިޕްލައިނަށް ދިން ޙަމަލާއާ ގުޅޭގޮތުން ޓްރަމްޕް ބުނީ، އެ ޙަމަލާގެ ފަހަތުގައި ވަނީ ”ގާތްގަނޑަކަށް“ އީރާން ކަމަށެވެ.

ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އޭނާ ދައްކަވާފައެއް ނުވެ އެވެ.

މީގެ އިތުރުން ސަޢޫދީގެ ވަލީއަހުދަކީ އޭނާގެ ”ރަޙްމަތްތެރިއެއް“ ކަމަށް ސިފަކުރައްވައި، އޭނާއާ ވާހަކަދެއްކެވި ކަމަށް ވެސް ޓްރަމްޕް ފާހަގަކުރި އެވެ.

ހޫތީން ވަނީ މި ހަފުތާގައި ސަޢޫދީގެ ތެޔޮ ވަސީލަތްތަކަށް ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފަ އެވެ. މި ހަމަަނުޖެހުންތަކުގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލިގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އެންމެ ފަހުން ދިން ޙަމަލާގައި، ހޮނިހިރު ދުވަހުގެ ރޭ ޔަމަނާ ބޯޑަރުވާ ސަޢޫދީގެ ދެކުނު ސަރަހައްދަށް ހޫތީން ފޮނުވާލި ޙަމަލާއެއްގައި ދެ މީހަކު ވަނީ ޒަޚަމްވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.