
ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ، މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ހުޅުމާލެ ސްޕެޝަލް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
އެ އޮޕަރޭޝަންގައި، ހުޅުމާލެ ކޮރަލް ސީ9 ކައިރިން، ތުޝާރު ގާޒީ (22އ) އާއި، ނޮބީ ނޫރް (30އ) ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭތަން ބަލައިފާސްކުރިއިރު 29 ފުޅި ބަނގުރާ ފެނިފައިވެއެވެ. އެ ދެމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



