ޔަމަނުގައި ހަނގުރާމަ ވަރުގަދަވެއްޖެ

ޔަމަނުގައި ހަނގުރާމަ ވަރުގަދަވެ، ހޫޘީން ދެމުންދާ ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާ ސަމާލުކަމަށް އަތުވެއްޖެ އެވެ.

ޔަމަނުގެ ސަރުކާރުން ހޫޘީންގެ މައްޗަށް ތުހުމަތުކުރަނީ ތިން ކުޑަކުދިން މަރާލާފައިވާ ކަމަށެވެ. އަދި ހޫޘީން ބުނާ ގޮތުގައި ސަޢޫދީ ފައުޖުތަކުން 12 ގަޑިއިރުގެ ތެރޭގައި 54 ވައިގެ ޙަމަލާއެއް ވަނީ ދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔަމަނުގެ އެކި ސަރަޙައްދުތަކުގައި ހަނގުރާމަ ވަރުގަދަވެފައިވާއިރު، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ޔަމަނުގެ ސަރުކާރުން ބުނަނީ ހޫޘީންގެ ބަޑީގެ ޙަމަލާތަކެއްގައި ތިން ކުޑަކުދިން މަރުވެފައިވާ ކަމަށެވެ.

ހަމައެއާއެކު، އީރާނުގެ މަދަދު ލިބޭ ހޫޘީން ސަޢޫދީ ޢަރަބިއްޔާގެ ޢުމްރާނީ ވަޞީލަތްތަކަށް އަމާޒުކޮށް ޙަމަލާދެމުންދާ ކަމަށް އެ ޤައުމުން ވަނީ ތުޙުމަތުކޮށްފަ އެވެ.

މި ޙަމަލާތަކާ ގުޅިގެން ބުރާސްފަތި ދުވަހުގެ ފަތިހު ސަޢޫދީގެ ބައެއް ސަރަހައްދުތަކުގައި ވަނީ އިންޒާރުގެ ރަނގަބީލު ޖަހާފަ އެވެ.

ހޫޘީން ބުނެފައިވަނީ ރިޔާޒުން 12 ގަޑިއިރުގެ ތެރޭގައި 54 ވައިގެ ހަމަލާދީފައިވާތީ، އެކަމަށް ރައްދު ދޭނެ ކަމަށެވެ.

ހޫޘީންނާއި ސަޢޫދީގެ އެހީތެރިކަން ލިބޭ ސަރުކާރުގެ ފައުޖުތަކާ ދެމެދު އަލުން ހަނގުރާމަ ވަރުގަދަވެފައި މިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޕާކިސްތާނުން އަންގާރަ ދުވަހު އިންޒާރު ދީފައިވަނީ، ހޫޘީންގެ ޙަމަލާތައް ކުރިއަށްދާނަމަ، ސަޢޫދީ ޢަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނު ހިމެނޭ ”މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް“ ގެ ދަށުން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.

މި ދަނޑިވަޅުގައި، ޔަމަނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާނުން އަތްބާނާ ކަމަށް ބުނެ ޢަރަބި ލީގުން ކުރާ ތުހުމަތުތައް އީރާނުން ވަނީ ދޮގުކޮށްފަ އެވެ.

އީރާނުން ބުނަނީ ހޫޘީން އަމަލުކުރަނީ އަމިއްލަ މިނިވަން ނިންމުންތަކެއްގެ މައްޗަށް ކަމަށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އޮގަސްޓް 24 އިން ފެށިގެން ހިނގަމުންދާ ކުރިމަތިލުންތަކުގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.

ސަރުކާރުން ހިންގާ ސަބާ ނިއުސް އޭޖެންސީން ބުދަ ދުވަހު ރިޕޯޓްކުރި ގޮތުގައި، މަޣްރިބް ސަރަހައްދަށް ހޫޘީން ދިން ހަމަލާތަކެއްގައި ތިން ކުޑަކުދިން މަރުވެފައިވެ އެވެ.

މީގެ އިތުރުން ހަ މީހަކު ޒަޚަމްވެފައިވާއިރު، މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދިން މިފަދަ ދެވަނަ ޙަމަލާ ކަމަށް އެ ނޫހުން ބުނެ އެވެ. ފުރަތަމަ ޙަމަލާގައި ދެ ކުޑަކުދިން މަރުވެ 15 މީހަކު ޒަޚަމްވި އެވެ.

ހޫޘީންގެ ފަރާތުން ބުނެފައިވަނީ އަލް-ޖައުފް ސަރަހައްދުގެ ޖަލަކަށް ދިން ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު 32 އަށް އަރާފައިވާ ކަމަށެވެ. އަންގާރަ ދުވަހު ދިން މި ހަމަލާގައި އިތުރު ހަތް މީހަކު ޒަޚަމްވި ކަމަށްވެސް އެ ފަރާތުންބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.