މިއުޒިއަމަކުން ދެ ކުރެހުމެއް ވަގަށް ނަގައިފި

ފަރަންސޭސިވިލާތުގެ ދެކުނުގެ ސަރަހައްދެއްގައި ހުންނަ މިއުޒިއަމަކުން މަޝްހޫރު ކުރެހުންތެރިޔާ ރެނުއާގެ ދެ ކުރެހުމެއް ވަގަށް ނެގި ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އެ ރަށުގެ މޭޔަރު ހާމަކުރެއްވި ގޮތުގައި، ވައްކަން ކުރި މީހުން ފިލަން އުޅުމުގެ ތެރޭގައި އިތުރު ދެ ކުރެހުމެއް މިއުޒިއަމްގެ ބަގީޗާ ތެރެއަށް ދޫކޮށްލާފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއީ ފަރަންސޭސިވިލާތުގައި މި ފަހަކަށް އައިސް ހިނގަމުންދާ މިފަދަ ވައްކަންތަކުގެ ތެރެއިން އެންމެ ފަހުން ހިނގި ޙާދިސާ އެވެ. މީގެ ކުރިން ޕެރިހުގެ ލޫވް މިއުޒިއަމުން ދުވާލު ގަޑީގައި ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ އަގުހުރި ގަހަނާތަކެއް ވަނީ ވަގަށް ނަގާފަ އެވެ.

ކޭން-ސުރު-މެރްގެ މޭޔަރު ބްރަޔަން މެސަން ވިދާޅުވި ގޮތުގައި، މި ވައްކަން ކުރި ދެ މީހުންނަކީ އިމްޕްރެޝަނިސްޓް ކުރެހުންތެރިޔާ ޕިއެރޭ-އޮގަސްޓް ރެނުއާގެ މަސައްކަތްތައް ބަހައްޓާފައިވާ މި މިއުޒިއަމާ ބެހޭ ފުރިހަމަ މަޢުލޫމާތާއި، ބޭނުންވާ ސާމާނު ހުރި ބަޔެކެވެ.

”އެމީހުން ދަގަނޑު ހަތިޔާރު ބޭނުންކޮށްގެން، ރެނުއާގެ ކުރެހުންތަކުގެ ފްރޭމް ހަރުކޮށްފައި ހުރި ދަގަނޑުތައް ބުރިކޮށްލި،“ މޭޔަރު ވިދާޅުވި އެވެ.

ނަމަވެސް، މިއުޒިއަމާއި ފުލުހުންގެ އެލާމްގެ އަޑާއެކު ވައްކަން ކުރި މީހުންނަށް މަޖުބޫރުވީ އަވަހަށް އެތަނުން ފިލާށެވެ. އެހެންކަމުން އެމީހުންނަށް ގެންދެވުނީ އެންމެ ހަތަރު ކުރެހުމެވެ.

މީގެ ތެރެއިން ދެ ކުރެހުން މިއުޒިއަމްގެ ބަގީޗާ ތެރެއަށް ދޫކޮށްލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ. ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި ވަގަށް ނަގާފައިވާ ކުރެހުންތަކުގެ އަގު ގާތްގަނޑަކަށް 9 މިލިއަން ޔޫރޯ (10 މިލިއަން ޑޮލަރު) އަށް އަރާނެއެވެ.

ވަގަށް ނަގާފައިވަނީ ”މެޑަމް ކޮލޮންނާ ރޮމާނޯ“ އަދި ”ޖޫން ފެމް އޯ ޕުއިޓްސް“ ނަމަކަށް ކިޔާ ދެ ކުރެހުމެވެ. އަދި ފެނިފައިވާ ދެ ކުރެހުމަކީ ”މެޑަމް ޕިޗޯން“ އާއި ރެނުއާގެ ދަރިފުޅު ކްލޯޑް ފޮތް ކިޔަން އިންނަ މަންޒަރު ދައްކުވައިދޭ ”ކޮކޯ ލިސާންޓް“ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.