އިންޖިނޭރުންގެ ދުވަހުގެ ސައިޓް ވިޒިޓް ބާއްވައިފި

ރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން، 168 ރަށެއްގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހާއްސަ ސައިޓް ވިޒިޓް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ހަރަކާތްތައް ހާއްސަކޮށްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންނަށެވެ.

މި ސައިޓް ވިޒިޓްތަކުގެ މައިގަނޑު މަގުސަދަކީ ދަރިވަރުން އިންޖިނޭރިން ދާއިރާއަށް އަހުލުވެރިކޮށް، އެ ދާއިރާއާ ގުޅުވައިދިނުމެވެ. އަދި ހަމައެހެންމެ، ސައިންސާއި، ޓެކްނޮލޮޖީ، އިންޖިނޭރިން އަދި މެތެމެޓިކްސްގެ ދާއިރާތަކުން ކުރިއަށްދިއުމަށް ދަރިވަރުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމްގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށާއި އެ ކުންފުނީގެ އެކި ފެސިލިޓީތަކަށް ޒިޔާރަތްކޮށްފަ އެވެ.

މީގެ އިތުރުން އެމްޓީސީސީން އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓުތަކަށް ވެސް ދަރިވަރުން ޒިޔާރަތްކުރިއެވެ. މި ޒިޔާރަތްތަކުގައި އިންޖިނޭރިން މަސައްކަތްތައް އަމަލީ ގޮތުން ހިނގާ ގޮތް ދަސްކޮށްދީ، ދަރިވަރުންނަށް މައުލޫމާތު ސާފުކުރުމާއި ސުވާލުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވެ އެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ސެޝަންތައް ކުރިއަށްގެންދިޔައީ ހެނދުނާއި ހަވީރުގެ ވަގުތުތަކަށް ބަހާލައިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ދަރިވަރުން ވަނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ސައިޓަށް ޒިޔާރަތްކޮށް، މުހިންމު ތަޖުރިބާތަކެއް ހޯދާފަ އެވެ.

ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮގަސްޓް 30 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ސައިޓް ވިޒިޓްތަކުގެ އިތުރުން އެހެނިހެން ހަރަކާތްތައް ވެސް ވަނީ ރާވާފައެވެ. އެގޮތުން އޮގަސްޓް 29 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާއިރު، މި މުނާސަބަތާ ގުޅިގެން ބާއްވާ ހާއްސަ އިންޖިނިއާސް އެވޯޑް ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.