އިތުރު 10 ރަށެއްގައި ނާސަރީ އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ބުރުގެ 10 ރަށެއްގެ ކައުންސިލާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބޮޑު މަޝްރޫޢުގެ ދަށުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ގަސް އިންދުމުގެ ޤައުމީ ހަރަކާތެއް ހިންގުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަޝްރޫޢުގެ ދަށުން މިއަދު ސޮއިކުރެވުނު ދެވަނަ ބުރުގެ ނާސަރީތައް ބިނާކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

1. ހދ. ނޮޅިވަރަމް

2. ކ. ހިންމަފުށި

3. އދ. ދިއްދޫ

4. ފ. ދަރަނބޫދޫ

5. ދ. މީދޫ

6. ލ. ހިތަދޫ

7. ލ. ފޮނަދޫ

8. ގދ. ވާދޫ

9. ފުވައްމުލައް ސިޓީ

10. ސ. މީދޫ

މި ނާސަރީތައް ޤާއިމުކުރުމުން، އެކި ބާވަތްތަކުގެ ގަސްގަހާގެހި ހެދުމަށާއި، ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިފަދަ ނާސަރީތައް ހިންގުމަކީ ލާމަރުކަޒީ އުޞޫލުން މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މުޅި ރާއްޖޭގައި 20 ނާސަރީ ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މިއަދު ސޮއިކުރެވުނު 10 ރަށާއެކު މި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ފެށިފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލުކުރުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.