ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ވަނީ ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފަ

ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް މި މިނިސްޓްރީއާއި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު 6 އޮގަސްޓު 2024 ގައި ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ. މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100,000 ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ޙަވާލުކޮށްދެއްވާފައެވެ.

މި އެހީގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި 25 ސްޕްރޭޔަރު ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި މިނިސްޓްރީގައި އެދޭ ނިސްބަތް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާއެވެ. ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރު ކުރުމަށް، ރަށްރަށުގައި މިވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ މުހިންމުކަމެކެވެ. ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދީފައިވާ، ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހުރިހާ އަތޮޅަކަށް (20 އިދާރީ އަތޮޅު) ވަނީ ހަވާލުކުރެވިފައެވެ. މިގޮތުން މާެލެއަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އަތޮޅު އޮފީސްތަކާއި (ކުރީގެ އަތޮޅު ކައުންސިލްތައް) ވަނީ ހަވާލުކުރެވިފައެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމަށެވެ.

މިޕްރޮގުރާމުގެ ދަށުން ޙަވާލުކުރާ ސްޕްރޭޔަރު، އެ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއް ނިސްބަތްވާ އަތޮޅެއްގެ ރަށެއްގައި ޕެސްޓު ކޮންޓްރޯލުކުރަން ބޭނުންވެއްޖެ ހިނދެއްގައި ސިޓީ ކައުންސިލް ނުަވަތަ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން އެރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެކެވެ. އަދި މީގެ އިތުރުން އެރަށްތަކުގެ ކައުންސިލްތަކާ މި މަޢުލޫމާތު ހިއްސާކޮށްދިނުމާއި، ސްޕްރޭޔަރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަކީވެސް ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެކެވެ.

ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކޮށްފައިވާ އަތޮޅުތަކާއި ރަށްތައް:

ހއ. ދިއްދޫ ހދ. ކުޅުދުއްފުށި(ސިޓީކައުންސިލް)

ށ. ފުނަދޫ ނ. މަނަދޫ

ރ. އުނގޫފާރު ބ. އޭދަފުށި

ޅ. ނައިފަރު ކ. ތުލުސްދޫ

އއ. ރަސްދޫ އދ. މަހިނބަދޫ

ވ. ފެލިދޫ މ. މުލި

ފ. ނިލަންދޫ ދ. ކުޑަހުވަދޫ

ތ. ވޭމަންޑު ލ. ފޮނަދޫ

ގއ. ވިލިނގިލި ގދ. ތިނަދޫ

ޏ. ފުވައްމުލަކު (ސިޓީ ކައުންސިލް) ސ. ހިތަދޫ (ސިޓީ ކައުންސިލް)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.