
ހުޅުމާލެ ޓަވަރަކުން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެ
ހުޅުމާލޭގެ ފޭސް ދޭއްގެ ޓަވަރަކުން ދެ އަހަރުގެ ކުއްޖަކު ވެއްޓި ނިޔާވެއްޖެ އެވެ.
ފޭސް2 ގެ ސްޓެލްކޯ ފްލެޓްގެ12 ވަނަ ފަންގިފިލާއިން އެ ކުއްޖާ ވެއްޓުނީ މިއަދު 12:40 ހާއިރެވެ. އަދި 12:43 ކަންހާއިރު އެ ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް ކުއްޖާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލްއިން ވަނީ ބުނެފަ އެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ.



