ތިނަދޫ ސިނާއީ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ތިނަދޫގެ ސިނާއީ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުންގެ ފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅުމަށް ހަދާފައިވާ ތަނެއްގައި މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށާއި، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފަތިހު 4:11 ކަންހާއިރު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ފެނުމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ނުދެއްވަ އެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.