
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކާށިދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކާށިދޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 30 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 32.55 ގުރާމެވެ.
މި އޮޕަރޭޝަންގައި ކާށިދޫ 10 ގެއެއް ބަަލައިފާސްކޮށް 10 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ. އޭގެ ތެރެއިން ހަތަރު މީހުން ވަނީ ދޫކޮށްލާފައެވެ. އަނެއް ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން، ރިހިތަރި / ކ. ކާށިދޫ، މުޙައްމަދު އަޙުދު (30އ) އާއި، ދިލްޝާދުގެ / ގދ. ރަތަފަންދޫ، ޣާނިމް މުފީދު (26އ) 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ރެޑިއަމްގެ / ކ. ކާށިދޫ، ޢަބްދުލްޢަލީމް މުޙައްމަދު (37އ) އާއި، ގ. މާލެހިޔާ 2 02-13 / މާލެ، މަދީޙް ރަޝީދު (29އ) އާއި، ޝަބްނަމްގެ / ކ. ކާށިދޫ، ނަޒާން މުޙައްމަދު ޝާކިރު (22އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



