އިންގެރޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަމުން އެލެޑައިސް އިސްތިއުފާ ދީފި

އިންގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ސޭމް އެލެޑައިސް އިސްތިއުފާ ދީފިއެވެ.

ރިޕޯޓުތަށް ބުނާގޮތުން އެލެޑައިސް އިސްތިއުފާ ދީފައިމިވަނީ އިނގިރޭސި މަސްހޫރު ނޫހެއް ކަމުގައިވާ “ޑެއިލީ ޓެލެގްރާފްގެ” ނޫސްވެރިންތަކެއް އިންވެސްޓަރުން ކަމަށް ހެދިގެން ތިބެ އެލެޑައިސް އާއި ދެއްކި ސިއްރު ވާހަކަތަކެއް ފަޅާއަރުވާލުމާ ގުޅިގެންނެވެ.

އިޝްތިހާރު Below Header ad

އޭނާ ދެއްކި ވާހަކަތަކުގެ ތެރޭގައި ތިންވަނަ ފަރާތެއް މެދުވެރިވެގެން ކުޅުންތެރިން ގަންނަ ގަވާއިދާއި ހިލާފުވުމަކީ މައްސަލައެއް ނޫންކަމަށް ބުނުމާއި އެއީ ތާކުންތާކުޖެހޭ ގޮތަށް ހަދާފައިވާ ގަވާއިދެއް ނޫންކަމަށް ބުނެފާޑު ކިޔުން ހިމެނެއެވެ.

އެލެޑައިސް މިގޮތަށް ވާހަކަ ދައްކާފައިވާއިރު
ތިންވަނަ ފަރާތެއް މެދުވެރިވެގެން ކުޅުންތެރިން ގަތުމަކީ 2008 ވަނަ އަހަރުން ފެށިގެން އިނގިރޭސި ފުޓްބޯޅަ ގެޑެރޭޝަނުން މަނާކޮށްފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

ޓެލެގްރާފްގެ ނޫސްވެރިން އެލެޑައިސް އާއި ވާހަކަދެއްކިއިރު ސިއްރުން ވީޑިޔޯވެސް ކޮށްފައިވާކަމަށްވެސް ރިޕޯޓުތަށްބުނެއެވެ.

އިންގްލޭންޑްގެ ގައުމީ ޓީމުގެ ކޯޗުކަމުން އެލެޑައިސް އިސްތިއުފާދިންކަން ހާމަކުރަމުން އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ވާހަކަތަކެއް ދެއްކުމަކީ ހެދުނު ގޯހެއްކަން ގަބޫލުކޮށް އެލެޑައިސް މައާފަށް އެދިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މައްސަލައިގެ ބޮޑުކަމުން ދެ ފަރާތްވެސް އެއްބަސްވެގެން އެލެޑައިސްގެ ކޮންޓްރެކްޓް ބާތިލުކުރަން ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިއަހަރުގެ ޖުލައި 22 ގައި މަގާމާ ހަވާލުވި އެލެޑައިސް އިސްތިއުފާ ދިނުމުން އިންގްލޭންޑްގެ ގައުމީ ޓީމު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އިންގްލޭންޑްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓްއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.