
ހުޅުމާލެ ފޭސް 2 ގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލެ ފޭސް 2 ގައި ކާރަކާޢި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެ އެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ފަރާތުން ބުނެފައިވަނީ، އެކްސިޑެން ހިނގާފައިވަނީ މިއަދު ހެނދުނު 7:44 ހާއިރު ކަމަށާއި އެކްސިޑެންޓް ހިނގީ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ދެ މީހުންނަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަަމަށްވެސް ފުލުހުންގެ ފަރާތުން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



