ރާއްޖޭގައި މިވަގުތު މެމްބަރުން އެންމެ ގިނަ ޕާޓީއަކަސް ޕީއެންސީ

ރާއްޖޭގައި މިވަގުތު މެމްބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކީ ވެރިކަންކުރާ ޕާޓީ ޕީއެންސީ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާގޮތުގައި ޕީއެންސީގައި މިވަގުތު 67،579 މެމްބަރުން އެބަ ތިބިއެވެ. އަދި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކީ 55،399 މެމްބަރުންނާއެކު އެމްޑީޕީ އެވެ. ތިންވަނައަށް ޖުމްހޫރީ ޕާޓީއެވެ. އެޕާޓީގައި ތިބިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރެކޯޑުތަކުން ދައްކަނީ 10،401 މެމްބަރުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕީއެންސީގައި 67،579 މެމްބަރުން ތިބިކަމަށް ރެކޯޑުތަކުން ދައްކާނަމަވެސް އެޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ”އެމްއެމްޓީވީ“ އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ބުނެފައިވަނީ އެޕާޓީގައި މިހާރު 70،000 މެމްބަރުން އެބަތިބި ކަމަށެވެ. ޕީއެންސީގެ ކޮންގްރެސްއާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން މުންދު ބުނެފައިވަނީ، އަންނަ މަހުގެ މެދުތެރޭގައި އޮންނަ ކޮންގްރެސްގައި 1،300 އެއްހާ މެމްބަރުން ބައިވެރިވާނެ ކަމަށާއި، އެއީ ރާއްޖޭގައި މީގެކުރިން ބޭއްވި އެއްވެސް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގައި ބައިވެރިނުވާ އަދަދެއް ކަމަށެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ އިިންތިހާބެއް ކާމިޔާބު ކުރަން މިހާރު 180،000 އެއްހާ ސަޕޯޓަރުންގެ ވޯޓު ބޭނުންވާއިރު، ކޮންމެ ރަށެއްގެ ޕީއެންސީ މެމްބަރުން ވެސް މަސައްކަތް ކުރަނީ އެ ރަށެއްގެ ކޮންމެ ގިންތިއެއްގެ ބަޔަކާ ވެސް ގުޅިގެން ކަމަށާއި، ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބޭނުންފުޅު ވަނީ ޕާޓީގެ ހުރިހާ މެމްބަރުންގެ ލަފަޔާއި އިރުޝާދާއި ހިޔާލު ހޯއްދަވައިގެން ކަންކަން ނިންމަވަން ކަމަށް ވެސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމާއިބެހޭ ޤަވާއިދުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 10،000 މެމްބަރުން ހަމަވާނަމަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.