އަންހެނުންގެ ހައްޤުތައް ކުރިއަރުވައި ދިފާއުކުރުމަށް މަސައްކަތްކުރުމަށް އެޗްއާރްސީއެމް އާއި ހޯޕް ފޯރ ވިމެން ފަހުމުނާމާއެއްގައި ސޮއިކޮށްފި

އަންހެނުންގެ ހައްޤުތައް ކުރިއަރުވައި ދިފާއުކުރުމަށް  މަސައްކަތްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ހޯޕް ފޯރ ވިމެން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ހާނީއްކަ ދިވެހި މުޖުތަމަޢުން ނައްތާލުމާއި އިސްލާމް ދީނުގައި އަންހެންނުންނަށް ދީފައިވާ ޙައްޤުތައް ރައްކާތެރިކޮށްދީ ކުރިއެރުވުމަށް މަސައްކަތް ކުރާނެއެވެ. އަދި އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް މަސައްކަތް ކުރާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން ޖިންސީ ތަފާތު ކުރުންތައް ނައްތާލައި އަންހެނުންގެ އިންސާނީ ޙައްޤުތައް ކުރި އެރުވުމުގައި ޒުވާނުން ބައިވެރިކޮށް ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމާއި ބެހޭގޮތުންވެސް މަސައްކަތް ކުރުމަށް ފަހުމުނާމާގައިވާ އިރު، ކަންކަން ތަންފީޒުކުރުމަށް ދައުލަތަށް ބާރުއެޅުވުމަށްވެސް މި ފަހުމުނާމާގެ ދަށުން މަސައްކަތް ކުރާނެއެވެ.

މި ފަހުމުނާމާގައި އެޗްއާރްސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާޤް މުފީދުއެވެ. ހޯޕް ފޮރ ވިމެން ގެ ފަރާތުން ސޮއިކުރެއްވީ ހޯޕް ފޮރ ވިމެންގެ ވައިސް ޗެއަރ ޕަރސަން ރާޝިދާ ޔޫސުފްއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.