ޒުވާނުންގެ އެވޯޑު ޙަފުލާ މިމަހުގެ 23ގައި ބާއްވަނީ..

ޒުވާނުންގެ އެވޯޑު ޙަފުލާ މިމަހުގެ 23ވާ ބުދަ ދުވަހުގެ ރޭ ބާއްވާގޮތަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބުދަ ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔޫތް މިނިސްޓްރީން ބުނީ ޒުވާނުންގެ އެވޯޑަށް 10 ދާއިރާއަކުން 40 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށާއި މި ފަހަރުގެ އެވޯޑަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ޒުވާނުންގެ އެވޯޑު ލިބޭ މީހުންނަށް އެވޯޑާއި ސެޓްފިކެޓާއި 25,000ރ. ގެ ފައިސާގެ އިނާމެއް ދޭންވަނީ ނިންމާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބާއްވާން ކުރިން ތާވަލުކޮށްފައިވާ އެ ޙަފުލާއަށް ގިނަ ބަޔަކު ދަރުބާރުގެއަށް ޙާޟިރުވި ފަހުން އެންމެފަހުވަގުތު ކެންސަލްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ބުނެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.