މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާގެ ފަރާތުން ދެ ރަށެއްގެ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ރ.ފައިނު އަދި ށ.ފުނަދޫގެ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކޮށްފި އެވެ.

ފައިނު ކައުންސިލާއެކު ކުރެވުނު މަޝަވަރާތަކުގެ ތެރޭގައި ފައިނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމުގެ މައްޗށްވަނީ އަލިއަޅުވާލާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި މިހާރު ކުރިއަށްދާ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، އެ މަޝްރޫއުތައް ނިންމުމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުންވެސް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފަ އެވެ.

ފުނަދޫ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތަކާއި، އެ މަސައްކަތްތައް އަވަސްކުރުމާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފަ އެވެ.

މީގެ އިތުރުން، ރަށުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ލޭންޑްސްކޭޕިންގ މަސައްކަތްތަކާއި، ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ޚިޔާލު ބަދަލުކުރެވުނެވެ.

މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މަޝްވަރާކުރެވުނީ ފަރުކޮޅުފުށި ހިމާޔަތްކޮށް ބެލެހެއްޓުމުގެ ނިޒާމު ވަރުގަދަކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ފަރުކޮޅުފުށި މޮނިޓަރ ކުރުމަށް އިތުރު ރޭންޖަރުން އައްޔަންކުރުމަށާއި، އެ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންވާ އާ އުޅަނދެއް ހޯދުމާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި ވާހަކަދެކެވިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.