ހީވާގި ކަންބަލުންގެ މަޢުރަޒު އަންނަ މަހު ބާއްވަނީ..

ހީވާގި ކަނބަލުންގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ދިވެހި އަންހެނުންގެ މަސައްކަތާއި ހުނަރު ދައްކުވާދިނުމަށް ބާއްވާ މަޢުރަޒު “ ހީވާގި ކަނބަލުން “ މައުރަޒު އަންނަ ޑިސެމްބަރ މަހު ބޭއްވުމަށް ނިންމައިފިއެވެ.

ކަލާފާނު ސްކޫލުގައި ބާއްވާ މި މަޢުރަޒު އޮންނާނީ ޑިސެމްބަރ 22 އިން 26 އަށް 4 ކެޓަގަރީއަކުން 21 ގިންތިއެއް ހިމަނައިގެންނެވެ. މި މަޢުރަޒުގައި ކޮންމެ ކެޓަގަރީއަކުންނާއި މުޅި މަޢުރަޒުން އެއްވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަޢުރަޒާއި ބެހޭގޮތުން ވާހަކަ ދައްކަމުން މަޢިރަޒުގެ އިންތިޒާމް ކޮމެޓީގެ މެމްބަރ ޢައިޝަތު މާޝާ ވިދާޅުވީ މަޢުރަޒް ކުރިއަށްދާ ކޮންމެ ރެއަކުވެސް ނަސީބުވެރި ކޫޕަންތަކެއް ދޫކުރާނެ ކަމަށާއި ލައިވް ޝޯތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެއްވަނަ އަށް ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާ، ދެވަނަ އަށް 75،000ރ. އަދި ތިން ވަނައަށް 50،000ރ. ދިނުމަށް ނިންމާފައިވާ އިރު، މުޅި މަޢުރަޒުން އެއްވަނަ، ދެވަނަ އަދި ތިން ވަނައަށްދާ ފަރާތްތަކަށް ރާއްޖެ އަދި ރާއްޖެއިން ބޭރުގައި އޮންނަ މިފަދަ މަޢުރަޒުތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން ބާއްވާ މި މަޢުރަޒުގައި އަންހެނުންގެ ކޮމިޓީތަކަށާއި އަންހެނުން ހިއްސާވާ ކްލަބް ޖަމްޢިއްޔާތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި މަޢުރަޒުގައި ބޭނުން ކުރެވޭނީ ރާއްޖެ ރަމްޒުކޮށްދޭ ސުވެނިއަރ އާއި ކަސަބުން އުފައްދާ ތަކެއްޗާއި އަތްތެރިމަސައްކަތްތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުން ކަމަށެވެ.

އަދި ޑިޖިޓަލް އާޓް އާއި ފެހުމުގެ އުފެއްދުމާއި ދިވެހި ރަހަތަކާއި ފޮޓޯގްރަފީވެސް ބައިވެރިކުރެވޭނެ ކަމަށް މެޑަމް ފާތުންގެ އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.