
ޓިކްޓޮކް ލައިވްއެއްގައި ބަޑިޖަހައި މީހަކު މަރާލައިފި
މެކްސިކޯގެ އިންފްލުއެންސަރެއް ކަމަށްވާ ސެޒަރ ގާސްޓެލޫމް ޓިކްޓޮކް ލައިވްއެގައި ބަޑިޖަހައި މަރާލައިފި އެވެ.
މިޙަމަލާ ދީފައިވަނީ، އުތުރުގެ ސަހަރެއް ކަމަށްވާ ކުލިއަކާންގެ ޓްރެސް ރިއޯސްގައި ހުންނަ ރެސްޓޯރެންޓެއްގެ ބޭރުގައި، އޭނާގެ ދެ ރަހްމަތްތެރިޔަކާއެކު ޓިކްޓޮކެއް ހަދަމުންދަނިކޮށް ސައިކަލެއްގައި އައި ދެ މީހެކެވެ.
ޓިކްޓޮކްގައި އޭނާއަށް ފަސްލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބޭއިރު، އޭނާ މައިގަނޑު ގޮތެއްގައި އަޕްލޯޑުކޮށްފައިވަނީ މަޖާ ވީޑިއޯތަކެވެ.
މެކްސިކޯއަކީ މިކަހަލަ ރެކޯޑެއް އޮންނަ ޤައުމެކެވެ. ވޭތުވެދިޔަ އަހަރު، 23 އަހަރުގެ ވެލޭރިއާ މާކުއޭޒް ވަނީ ޓިކްޓޮކްގައި ލައިވްސްޓްރީމް ކުރަމުން ދަނިކޮށް ބިއުޓީ ސެލޫނެއްގެ ތެރޭގައި ބަޑިޖަހައި މަރާލާފަ އެވެ.
ފުލުހުންނާއި ފޮރެންސިކް ތަޖުރިބާކާރުން ވަނީ އެ ސަރަހައްދު ބަންދުކޮށް، ތަޙްޤީޤު ފަށާފަ އެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި މިޙާމަލާދިން މީހުންވަނީ އެ ސަރަހައްދުން ފިލާފަ އެވެ.
ގާސްޓެލޫމަށް ކުރިން އެއްވެސް އިންޒާރެއް ލިބިފައިވާކަމެއް އަދި ސާފެއްނުވެ އެވެ.



