ބަބުނަ ސައި: ނުބެއޮ ދޫކޮށްލާވަރު މަލެއް ނޫން

ބަބުނަ މާ ސައިގެ ބައެއް ފައިދާތަކާއި ބޭނުންތައް

ބަބުނަ މާ ސަޔަކީ ސިއްޙީ ތަފާތު އެކި މައްސަލަތަކަށް ބޭނުންކުރެވޭ ޤުދުރަތީ ފަރުވާއެ ކެވެ.

މީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން، ހަކުރުބައްޔާއި، މައްސަރު ކަންތައް ދިމާވާއިރު ތަދުވުމާއި، ނިދަން އުނދަގޫވުން ފަދަ ކަންކަމަށް އެހީތެރިވެދެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބަބުނަގަހަކީ އަކީ އެސްޓެރޭސީ އާއިލާއަށް ނިސްބަތްވާ ގަހެކެވެ.

ސައި ތައްޔާރުކުރުމަށް މީހުން ޢާންމުކޮށް ބޭނުންކޮށް އުޅެނީ އޭގެ ދެ ވައްތަރެކެވެ.

އެއީ ޖަރުމަން އަދި ރޯމަން ބަބުނަ މަލެވެ. ބަބުނަ ގަހުގައި އަޅަނީ މާގަނޑު ކުދި މާތަކެކެވެ.

ސައި ހެދުމަށްޓަކައި މި މާތައް ހިއްކުމަށްފަހު ފެނަށް އަޅައިގެން ކައްކާނީ އެވެ.

ބަބުނަ މަލުގައި ފްލެވޮނޮއިޑްސް ކިޔާ ކެމިކަލް މާއްދާތަކެއް އެކުލެވިގެންވެ އެވެ. އޭގެ ސަބަބުން ސިއްޙަތަށް ގިނަ ފައިދާތަކެއް ލިބިދާނެ އެވެ. މާބަނޑު މީހުންނާއި، އެލާޖިކް މައްސަލަ މީހުން މި ސައި ބުއިމުގައި ރައްކާތެރިވުން ރަނގަޅެވެ.

މައްސަރު ދުވަސްވަރުގެ އުނދަގޫތައް

2019 ވަނަ އަހަރު ބައެއް ދިރާސާވެރިން ނިންމާފައިވާ ގޮތުގައި، ބަބުނަ މަލުގައި، ދުޅަތައް ތިރިކޮށްދޭ، މަސްތައް ހަމަޖައްސައިދޭ އަދި ހާސްކަން ކުޑަކޮށްދޭ ސިފަތަކުގެ ސަބަބުން މައްސަރު ކަންތައް ޖެހުމުގެ ކުރިން ދިމާވާ ހާސްކަމާއި އުނދަގޫތަކަށް ލުޔެއް ލިބެ އެވެ.

ހަކުރުބައްޔާއި ލޭގައި ހަކުރު ހުންނަ މިންވަރު

ހަކުރުބަލި ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ބަބުނަ މަލުގެ ސަބަބުން ދަށްވެދާނެކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.

2020 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި ހަކުރާއި ލައިޕިޑް ހުންނަ މިންވަރު ރަނގަޅުކޮށްދީ، ހަކުރުބައްޔާ ގުޅުންހުރި އިތުރު ނުރައްކާތަކުން ސަލާމަތްވުމަށް ކެމޮމައިލް އެހީވެދެ އެވެ.

ނަމަވެސް، ކެމޮމައިލްއަކީ ހަކުރުބަލީގެ ބޭސްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއްކަމަށް މިއިން ނުދައްކަ އެވެ.

މިއީ ކުރިން ދެމުންދާ ފަރުވާއަށް އިތުރު އެހީއަކަށް ވެދާނެ ނަމަވެސް، ޑޮކްޓަރު ލަފާދެއްވާ ފަރުވާގެ ބަދަލުގައެއް ބޭނުމެއް ނުކުރެވޭނެ އެވެ.

ކަށި ފީވުން

ކަށި ފީވުމަކީ ކަށީގެ ވަރުގަދަކަން ކުޑަވަމުންދާ ދިއުމެވެ. މިކަމުގެ ސަބަބުން ކަށި ބިނދުމުގެ ފުރުސަތު ބޮޑުވެ އެވެ.

2022 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ލެބޯޓްރީގައި މީދަލަށް ދިން ސްޓިރޮއިޑް ފަރުވާއިން ކަށި ފީވުން މެދުވެރިވުމުން، ބަބުނަ މާ ބޭނުންކޮށްގެން އެކަމުން ސަލާމަތްވުމަށް އެހީވެދީފައިވެ އެވެ. ބަބުނަ މަލުގައި ހުންނަ ފްލެވޮނޮއިޑްސްގެ އެންޓިއޮކްސިޑެންޓް ސިފަތަކުގެ ސަބަބުން ކަށި ފީވުމުން ރައްކާތެރިކޮށްދިނުމަށް އެހީވެދެ އެވެ.

ދުޅާވުން

ދުޅަވުމަކީ އިންފެކްޝަންތަކާ ދެކޮޅަށް ހަށިގަނޑުގެ ދިފާޢީ ނިޒާމުން ކުރާ މަސައްކަތެކެވެ. ބަބުނަ މަލުގެ ސައިގައި ހަށިގަނޑުގެ ދުޅަވުން ކުޑަކޮށްދޭ މާއްދާތައް އެކުލެވިގެންވެ އެވެ.

ކެންސަރު

2023 ވަނަ އަހަރުގެ ރިޕޯޓަކުން ދައްކާ ގޮތުގައި ކެމޮމައިލް އެކްސްޓްރެކްޓްގެ ސަބަބުން ކެންސަރު ސެލްތަކަށް ޙަމަލާދިނުމަށް ނުވަތަ އެފަދަ ސެލްތައް އުފެދުމުން މަނާކުރުމަށް އެހީވެދެ އެވެ.

ނިދުމާއި އަރާމުކުރުން

ބަބުނަ މަލުގެ ސައިގެ ސަބަބުން ނިދަން ފަސޭހަވެ އެވެ.

2019 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި 2 ހަފުތާއާއި 4 ހަފުތާ ވަންދެން ބަބުނަ މާ ބޭނުންކުރުމުން، ނަފްސާނީ ހާސްކަން ބޮޑުވެފައިވާ މީހުންގެ އަލާމާތްތައް ވަނީ ރަނގަޅުވެފަ އެވެ. އަދި ނިދީގެ ފެންވަރު ރަނގަޅުވުމަށްވެސް މިކަމުން އެހީވެދެ އެވެ.

ރޯގާގެ އަލާމާތްތައް

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ބަބުނަ މާ ބޭނުންކުރުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވުމަށް އެހީވެދެ އެވެ.

މީގެއިތުރުން، ބަބުނަ މާ ފަދަ ހޫނު ބުއިމެއް ބުއިމުން ކަރުގައި ރިހުން ފަދަ ރޯގާގެ ބައެއް އުނދަގޫތަކަށް ލުއި ލިބެ އެވެ.

ހަމުގެ ލުއި މައްސަލަތައް

ބަބުނަ މާ އެކުލެވޭ ބޭސްތަކާއި އުފެއްދުންތައް ބޭނުންކުރުމުން:

  • އޮށާޅާ ނެގުން ކުޑަކޮށްދިނުން
  • ހަމުގެ ނާޒުކު ބައިތަކަށް ފަރވާ ކޮށްދިނުން
  • ހަމުގެ ޑީހައިޑްރޭޓްވުން ކުޑަކޮށްދިނުން

މިފަދަ ކަންކަމަށް އެހީވެދެއެވެ. މިއީ އޭގައި އެކުލެވޭ ދުޅަވުމާ ދެކޮޅު، އެލާޖީއާ ދެކޮޅު، އަދި ބެކްޓީރިއާއާ ދެކޮޅު ސިފަތަކުގެ ސަބަބުން ވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.