
މިފަހަރުވެސް ވެސް މާޒިޔާ
މިއަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު 4-1 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތިންވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާފައިފިއެވެ.
މާޒިޔާއިން މުބާރާތް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. ލީގު ބުރުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް ވަރުގަދަ ކުޅުމެއް މާޒިއާއިން ދައްކާފައި ވެއެވެ.
ފައިނަލްމެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ދެއްކި ނަމަވެސް، ދެވަނަ ހާފުގައި މާޒިޔާއިން ލަނޑުތައް ޖަހައި މެޗުގެލީޑުނެގި އެވެ.
މާޒިޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އޭދަން އަޙްމަދު މޫސާ، ކެޕްޓަން މުޙައްމަދު އިލާން އިމްރާން، ނައްސާހު އިބްރާހީމް ނާސިރު އަދި އަލްހާން ފައިސަލް އަމީނެވެ.
ނިއު ރޭޑިއަންޓްގެ ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ޖަހައިދިނީ އަޙްމަދު ހަމްދާން އަޒްލީން އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކަކޮށްފައިވެ އެވެ. އެއީ މާޒިޔާ، ނިއު ރޭޑިއަންޓް، ބުރު ސްޕޯޓްސް، އޮޑި ސްޕޯޓްސް، ޓީސީ ސްޕޯޓްސް އަދި ކެޔޮދޫ އެވެ.
މިއީ މާޒިޔާގެ ޒުވާން ޓީމުގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމާއި އެކު އެ ކުލަބުގެ ޒުވާން ފުޓްބޯޅައިގެ ކާމިޔާބީތަކަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔަ މުބާރާތެކެވެ.



