ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމުގައި ބްރޯޑްކޮމް އިން ބައިވެރިވެއްޖެ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދާ މުވައްޒަފުންގެ ޙައްޖު ސްކީމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސްކީމުގައި ބައިވެރިވުމުގެގޮތުން ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ. ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސްއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޙައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދާ މުވައްޒަފުންގެ ސްކީމަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މިނިސްޓްރީތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެފަރާތްތަކުގެ މުސާރައިން ކަނޑައެޅިފައިވާ ވަކިމިންވަރެއް ކަނޑައެޅިފައިވާ މުއްދަތެއްގައި އުނިކޮށް، އެގޮތުން އުނިކުރާ ފައިސާ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީސް މެދުވެރިކޮށް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރަމުންގޮސް ޙައްޖު ދަތުރަށްވާ ފައިސާ އަދާކޮށް ނިންމުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން އެކުލަވައި ހިންގާ ސްކީމެކެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް މުހައްމަދު އަސްލަމާއި ކޮމިޝަނަރ ފާޠިމަތު ޒައިނާ އާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު އާއި ކޮމިޝަންގެ ބައެއް އިސް މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.