ކުރިއަށްއޮތް 24 ގަޑި އިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ: މެޓް

ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރާކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް ދެކުނުގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންކަމުން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ކަނޑު ދަތުރުކުރާ އިރު ބަލައިގެން ދަތުރުކުރަން އިލްތިމާސް ކުރުމަށް ނެރޭ ވައިޓް އެލާރޓް ނެރެފައެވެ.

ރޭ ފަތިހުން ފެށިގެން މާލެއަށް ދޭތެރެ ދޭތެރެއިން އަންނަނީ ބޯކޮށް ވާރޭ ވެހެމުން އަންނަމުންނެވެ.

މިއީ ސުކޫލުތައް ބަންދުވުމާއެކު ގިނަ ޢަދަދެއްގެ ބަޔަކު އެކި ސަރަޙައްދުތަކަށް ދަތުރުކުރަމުންދާ ދުވަސްވަރަކަށް ވާތީ، ޚާއްޞަގޮތެއްގައި މިދުވަސްވަރަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.