
ޑައިޓިޝަނުން ލަފާދޭ ސިއްޙަތަށް ފައިދާހުރި 6 ވައްތަރެއްގެ ޖޫސް
ސިއްޙަތަށް ފައިދާހުރި، 100% މޭވާ ނުވަތަ ތަރުކާރީގެ ޖޫސް ބޭނުންކުރުމަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން، މިނަރަލްސް އަދި އެންޓިއޮކްސިޑަންޓްސް ލިބޭނެ މޮޅު ގޮތެކެވެ.
ކެރެޓް، އަނބުލު (ޕޮމެގްރަނޭޓް)، ބީޓްރޫޓް، ޓޮމާޓޯ، އޮރެންޖް، އަދި ސެލެރީ ފަދަ ތަކެތީގެ ޖޫހުން ހިތުގެ ދުޅަހެޔޮކަމަށާއި ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް އިތުރު ފައިދާތަކެއް ލިބެ އެވެ.
ޖޫސް ގަންނައިރު އިތުރަށް އަޅާފައި ހުންނަ ހަކުރާއި، ކެމިކަލް މާއްދާތަކުން ދުރުހެލިވާށެވެ.
1. ކެރެޓް ޖޫސް
ކެރެޓް ޖޫހަކީ ވިޓަމިން އީ (E) އާއި ސީ (C) އަދި ޕޮޓޭސިއަމް މުއްސަނދިކޮށް ހުންނަ ބުއިމެކެވެ. މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ބުއިމެކެވެ.. މިއީ ދުޅައަށް ލުއިދީ، ކޮލެސްޓްރޯލް ދަށްކޮށް، ހިތުގެ ބަލިތަކުން ސަލާމަތްވުމަށް އެހީވެދޭނެ ބުއިމެކެވެ.
8 އައުންސް ކެރެޓް ޖޫހުގައި އެކުލެވެނީ:
ފެން: 213 ގްރާމް
ކެލޮރީ: 96
ޕްރޮޓީން: 2.28 ގްރާމް
ޖުމްލަ ފެޓް: 0.36 ގްރާމް
ސެޗުރޭޓެޑް ފެޓް: 0.065 ގްރާމް
ކާބޯހައިޑްރޭޓް: 22 ގްރާމް
ހަކުރު: 9.38 ގްރާމް
ވިޓަމިން ސީ: 20 މިލިގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 23%)
2. އަނބުލު (ޕޮމެގްރަނޭޓް) ޖޫސް
މިއީ ލޭ ދައުރުވުން ރަނގަޅުކޮށް، ކަސްރަތު ކުރާއިރު ހަށިގަނޑަށް ބޭނުންވާ ހަކަތަ އިތުރުކޮށްދޭ ބުއިމެކެވެ. މިއީ މަސްތަކުގެ ދުޅަހެޔޮކަމަށާއި ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އެހީވެދޭ ބުއިމެކެވެެ.
8 އައުންސް އަނބުލު ޖޫހުގައި އެކުލެވެނީ:
ކެލޮރީ: 99
ޕްރޮޓީން: 0 ގްރާމް
ޖުމްލަ ފެޓް: 0 ގްރާމް
ސެޗުރޭޓެޑް ފެޓް: 0 ގްރާމް
ކާބޯހައިޑްރޭޓް: 29 ގްރާމް
ހަކުރު: 26 ގްރާމް
ވިޓަމިން ސީ: 24 މިލިގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 27%)
3. ބީޓްރޫޓް ޖޫސް
ބީޓްރޫޓްގައި ހުންނަ އެންޓިއޮކްސިޑަންޓްސްގެ ސަބަބުން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީވެދެ އެވެ. މީގެ އިތުރުން، މިއީ ލޭ ދައުރުވުން ރަނގަޅުކޮށް، ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައި، ސިކުނޑީގެ މަސައްކަތްތައް ރަނގަޅު ކުރުމަށް އެހީތެރިވެދޭ ބުއިމެކެވެ.
8 އައުންސް ބީޓްރޫޓް ޖޫހުގައި އެކުލެވެނީ:
ފެން: 229 ގްރާމް
ކެލޮރީ: 62
ޕްރޮޓީން: 1.8 ގްރާމް
ޖުމްލަ ފެޓް: 0.152 ގްރާމް
ސެޗުރޭޓެޑް ފެޓް: 0.02 ގްރާމް
ކާބޯހައިޑްރޭޓް: 15 ގްރާމް
ހަކުރު: 12 ގްރާމް
4. ޓޮމާޓޯ ޖޫސް
ޓޮމާޓޯ ޖޫހަކީ ވިޓަމިން ސީ އާއި އެންޓިއޮކްސިޑަންޓްސް މުއްސަނދިކޮށް ހުންނަ ބުއިމަކަށްވާތީ، ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް ވަރަށް ފައިދާހުރި ބުއިމެކެވެ. ޓޮމާޓޯ ޖޫސް ގަންނައިރު، ލޮނު މަދު (low sodium) ބާވަތްތައް އިޚްތިޔާރު ކުރުމަކީ މުހިއްމު ކަމެކެވެ.
8 އައުންސް ޓޮމާޓޯ ޖޫހުގައި އެކުލެވެނީ:
ކެލޮރީ: 50
ޕްރޮޓީން: 2 ގްރާމް
ޖުމްލަ ފެޓް: 0 ގްރާމް
ސެޗުރޭޓެޑް ފެޓް: 0 ގްރާމް
ކާބޯހައިޑްރޭޓް: 11 ގްރާމް
ހަކުރު: 7 ގްރާމް
ވިޓަމިން ސީ: 72 މިލިގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 80%)
ލޮނު (Sodium): 679 މިލިގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 30%)
5. އޮރެންޖް ޖޫސް
އޮރެންޖް ޖޫހަކީ ވިޓަމިން ސީ އާއި އެންޓިއޮކްސިޑަންޓްސްއިން ފުރިގެންވާ، ދިފާޢީ ނިޒާމަށް ރަނގަޅު ބުއިމެކެވެ. ގިނަ ބްރޭންޑްތަކުގައި ކެލްސިއަމް އަދި ވިޓަމިން ޑީ (D) އިތުރުކޮށްފައި (fortified) ހުންނާތީ، ކަށީގެ ދުޅަހެޔޮކަމަށް ވެސް މިއީ ރަނގަޅު އެއްޗެކެވެ.
8 އައުންސް އޮރެންޖް ޖޫހުގައި އެކުލެވެނީ:
ކެލޮރީ: 110
ޕްރޮޓީން: 2 ގްރާމް
ޖުމްލަ ފެޓް: 0.36 ގްރާމް
ސެޗުރޭޓެޑް ފެޓް: 0.065 ގްރާމް
ކާބޯހައިޑްރޭޓް: 26 ގްރާމް
ހަކުރު: 22 ގްރާމް
ވިޓަމިން ސީ: 72 މިލިގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 80%)
ޕޮޓޭސިއަމް: 451 މިލިގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 10%)
ކެލްސިއަމް (އިތުރުކޮށްފައިވާނަމަ): 350 މިލިގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 27%)
6. ސެލެރީ ޖޫސް
ސެލެރީ ޖޫހަކީ 95% ފެން އެކުލެވޭ ބުއިމަކަށްވާތީ، ކަރުހިއްކުން ފިލުވައިދޭން މޮޅު ބުއިމެކެވެ. މީގައި ޕޮޓޭސިއަމް އާއި ވިޓަމިން ކޭ (K) ގިނައިން ހުރުމުން ހިތުގެ ސިއްހަތަށް ރަނގަޅުވެފައި، ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވަން އެހީވެދެ އެވެ.
8 އައުންސް ސެލެރީ ޖޫހުގައި އެކުލެވެނީ:
ފެން: 225 ގްރާމް
ކެލޮރީ: 40
ފެޓް: 0.378 ގްރާމް
ލޮނު (Sodium): 229 މިލިގްރާމް
ކާބޯހައިޑްރޭޓް: 7.84 ގްރާމް
ފައިބަރު: 3.78 ގްރާމް
ހަކުރު: 3 ގްރާމް
ޕްރޮޓީން: 1.16 ގްރާމް
ޕޮޓޭސިއަމް: 625 މިލިގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 13%)
ފޮލޭޓް: 85 މައިކްރޯގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 21%)
ވިޓަމިން ކޭ: 69 މައިކްރޯގްރާމް (ދުވަހަކަށް ބޭނުންވާ މިންވަރުގެ 58%)
މި ޖޫސްތަކުގެ ތެރެއިން ތިޔަބޭފުޅާ އެންމެ ގަޔާވަނީ ކޮން ޖޫހަކަށްތޯ؟
ސިއްހަތަށް ފައިދާހުރި ޖޫސް އިހްތިޔާރު ކުރާނެ ގޮތް:
އިންގްރީޑިއަންޓްސް ބައްލަވާ: 100% މޭވާ ނުވަތަ ތަރުކާރީ ޖޫސް އިހްތިޔާރު ކުރައްވާށެވެ.
އިތުރު ހަކުރުން ދުރުހެލިވާ: ”No added sugar“ ޖަހާފައި ހުންނަ ޖޫސް ހޯއްދަވާށެވެ.
ޕަލްޕް (Pulp) ހުންނަ ޖޫސް: މޭވާގެ ޕަލްޕް ހުންނަ ޖޫހުގައި ފައިބަރު ހުންނާތީ ހަޖަމު ކުރުމަށް ފަސޭހަވާނެ އެވެ
މިންވަރު ބެލެހެއްޓުން: ދުވާލަކު 8 އައުންސް (ގާތްގަނޑަކަށް 224 މިލިލީޓަރު) އަށް ވުރެ ގިނައިން ނުބޯށެވެ.
މިދެރަ ގޮތުގައި ބޭނުންކުރުން: ޖޫސް ބޯންވާނީ މޭވާ އާއި ތަރުކާރީ ކެއުމުގެ ބަދަލުގައެއް ނޫނެވެ، މިއީ ހަމައެކަނި ސިއްހަތަށް ފައިދާހުރި ބާވަތެއްގެ ގޮތުގަ އެވެ.









