
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހުންނަށް އަނިޔާ ވެއްޖެ
މާލޭގެ ސޯސަންމަގުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި3 މީހުންނަށް ބޮޑެތި އަނިޔާތެކެއް ވެއްޖެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ސޯސަންމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މިހާދިސާގައި 3 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާ ވެފައިވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށާއި 26 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ. އޭގެތެރެއިން އަންހެންމީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު 2 ފިރިހެނުންނަށް ފަރުވާދެނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.
މިހާދިސާ ފުލުހުން މިހާރުދަނީ އިތުރަށް ބަލަމުންނެވެ.



