ބަނާނާ ކޭކް.. ރަހަމީރު އެންމެނަށްވެސް ކަމުދާ އެއްޗެއް..

ބަނާނާ ކޭކް

  • ބޭނުންވާނޭ ތަކެތި:

2 ވަށް ދޮންކެޔޮ (ކުދިކޮށް ކޮށާފަ)

އިޝްތިހާރު Below Header ad

200 ގްރާމް ފުށް

200 ގްރާމް ހަކުރު

250 ގްރާމް ބަޓަރ

2 މޭޒުމަތީ ސަމުސާ ހިކިކިރު

1 ސައި ސަމުސާ ބޭކިންގ ޕައުޑަރ

5 ކުކުޅުބިސް

banana-cake-1

ހަދާނެ ގޮތް:

ތައްޓެއްގައި ބަޓަރާއި ހަކުރު އޮމާންވަންދެން ނުވަތަ ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. ދެން ފުށާއި ބޭކިންގ ޕައުޑަރ އަދި ހިކިކިރު އެއްކޮށް ފުރާނާފަ ބަހައްޓާށެވެ.

އެއަށްފަހު ކުރިން އެއްކުރި ހަކުރާއި ބަޓަރުގެ ތެރެއަށް 1 ބިސް އަޅާށެވެ. އަދި ފުށްކޮޅެއް އަޅާ މިކްސްވީމަ، އަނެއްބިހާއި ފުށްކޮޅު ހުސްވަންދެން މިގޮތަށް ފުށްކޮޅާއި ބިސް ހުސްވަންދެން މަޑުމަޑުން މިކްސްކޮށް ނިމުމުން ދޮންކެޔޮ އަޅާ ދޭފަތަކުން މަޑުމަޑުން ގިރާލާ އެއްކޮށްލާށެވެ.

ދެން ޓްރޭޣައި ބަޓަރ ހާކާފައި ފުށް ބުރުއްސާ ކޭކްސް މިކްސް އެޅުމަށްފަހު 200 ޑިގްރީ ސެލްސިއަސް  އާއި 400 ޑިގްރީ ފެރަންހައިޓްގައި 30 މިނެޓު ވަންދެން ފިހެލާށެވެ. ރަނގަޅަށް ފިހެވުނީމަ އަވަނުން ނަގާ ސާފުވަޅިއެއް ކޭކު މެދަށް ހަރާލާފަ ނަގާ އިރު، ވަޅީގައި އެއްވެސް ވަރަކަށް ދިޔާއެއްޗެއް ހޭކިފައި ނެތް ނަމަ ކޭކު އެހުރީ ރަނގަޅަށް ފިހެވިފައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.