”ގޯތިގެދޮރު“ ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބާންޑާރަ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ޕްރޮގްރާމުގެ ތެރެއިން އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް, ގޯއްޗަށް ހުށަހެޅޭ ގޮތަށް ކުރިއަށްގެންދާ ”ގޯތިގެދޮރު“ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އުސޫލު ނަންބަރު 5-ޖީ/2026 (”ގޯތިގެދޮރު“ ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބާންޑާރަ ގޯތި ދޫކުރުމުގެ އުސޫލު)ގެ ދަށުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ 8 މާރިޗު 2026 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1250 (ބާރަސަތޭކަ ފަންސާސް) އަކަފޫޓުގެ ގޯއްޗެވެ.

މި އުސޫލުގައި ހިމެނޭ މައިގަނޑު 2 ކެޓަގަރީ:

ކެޓަގަރީ 1: މާލޭ ރަށްވެހިން

ކެޓަގަރީ 2: މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން

މި ސްކީމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ,4004865 ގުޅުއްވައިގެން ނުވަތަ މިނިސްޓްރީއަށް މެއިލް (hotline@infrastructure.gov.mv) ހުށަހަޅުއްވައިގެންވެސް ސާފުކުރެއްވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.