
ބަންގްލަދޭޝްގައި ހާލުގައި ޖެހުނު ދިވެހި އަންހެންމީހާއަށް އެހީތެރިކަން ލިބޭނެ: ފޮރިން މިނިސްޓްރީ
ބަންގްލަދޭޝްގައި ހާލުގައި ޖެހުނު ދިވެހި އަންހެންމީހާއަށް އެހީތެރިކަން ލިބޭނެކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި ދިވެހި އަންހެނަކު ހާލުގައި ޖެހުނުކަމަށްބުނެ މިދިޔަ އޮކްޓޯބަރ މަހުގެ 18 ވީ އަންގާރަ ދުވަހު ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.
އެއާއެކު އެ މައްސަލައަށް ޙައްލެއް ހޯދުމަށް ޑާކާގައި ހުންނަ ދިވެހި އެމްބަސީ އާއި އެ މިނިސްޓްރީން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެގޮތުން އެ އަންހެންމީހާގެ ޢާއިލާއާ މިނިސްޓްރީން ބައްދަލުކޮށް އެ މައްސަލައިގާ އެފަރާތުން ޢަމަލުކުރަންވީގޮތުގެ އިރުޝާދުދީފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އަދި އެކަމުގައި އެ މިނިސްޓްރީގެ އެހީތެރިކަން ޢާއިލާއަށް ލިބޭނެކަމުގެ ޔަޤީންކަންދީފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.




