ޖީއެމްއާރަށް ދައްކަންޖެހޭ ފައިސާ އެއްފަހަރާ ދެއްކުމުން އަދުރޭގެ ތައުރީފް ރައީސް ޔާމީނަށް.

 

ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހޭ 271 މިލިއަން ޑޮލަރުގެ ފައިސާ މިހާ އަވަހަށް  ދައްކާ ޚަލާސް ކުރުމުން ދޭހަވެގެން ދިޔައީ އިޤުތިޞާދީ މާހިރުގެ ގާބިލްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައީސް ޔާމީން އަށް ތައުރީފް ކުރައްވައި އަދުރޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓުގައި އަދުރޭ ވިދާޅުވެފައިވަނީ ޖީއެމްއާރް އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން ހަވާލުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލުވުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ދައްކަން ޖެހުނު ފައިސާ މިއަދު ޖީއެމްއާރްއަށްދައްކައިޚަލާޞްކޮށްފައިވާކަމަށާއި އެހެންކަމުން

އިދިކޮޅު ފަރާތްތަކުގެ ބަސް ހުއްޓި ގޮތް ހުސްވެއްޖެ ކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަރުގެ ވެރިއެއް ދިވެހި މުޅި ގައުމުވެސް ދެކެފައި ނުވާކަމަށާއި ގައުމުދެކެ ލޯބިވާ ވެރިއަކީ ޔާމީން ކަމަށް ބުނެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވެއެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކުގައި ކަމަށާއި ޔާމީން ރާއްޖެއަށް ތަރައްގީ ހޯދައިދޭނެކަމަށެވެ.

އެހެން ކަމުން  އިދިކޮޅު ފަރާތްތަކުން ތިބެންޖެހޭނީ ތެޅިތެޅި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޖީއެމްއާރަށް ދިވެހި ސަރުކާރުން ދައްކަން ޖެހޭ ފައިސާ ދެއްކިކަން އިއުލާންކުރެއްވީ މިއަދު ހަވީރު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު މުޙައްމަދު އަނިލްއެވެ.

އަނިލް ވިދާޅުވީ މި ފައިސާ ދައްކާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބަޖެޓުންކަމަށާއި އެހެން ނަމަވެސް އެމްއޭސީއެލްގެ ބަޖެޓުން މި ފައިސާ ދެއްކި ނަމަވެސް އެމްއޭސީއެލްގެ އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާރާނެކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.