ޚަބަރު ފީތާ

ފުލުސް އޮފީހަށް ޙާޟިރުކުރީ ޕީޕީއެމްގެ އޮފީހުގައި ހުރި ކޮމްޕިއުޓަރު ހާޑު ޑިސްކުތައް ގެއްލުނު މައްސަލާގައި: އެމްޕީ ވަޙީދު

ފުލުސް އޮފީހަށް ޙާޟިރުކުރީ ޕީޕީއެމްގެ އޮފީހުގައި ހުރި ކޮމްޕިއުޓަރު ހާޑު ޑިސްކުތައް ގެއްލުނު މައްސަލާގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލިސްދޫ ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ހުރި ހާޑު ޑިސްކުތައް ގެއްލުނު ކަމަށް ބުނެ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފެކްޝަނުން ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލައިގާ ވަޙީދުގެ ބަޔާނެއް ފުލުހުން މިރޭ ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ފެކްޝަންގެ ނައިބު ރައީސް އާމިނަތު ނާދިރާ އާއި ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ޢަލީމާއި ޑެޕިއުޓީ ރަޖިސްޓްރަރ ފާތިމަތު ޝަހީދާވެސް ވަނީ މީގެކުރިން ފުލުސް އޮފީހަށް ޙާޟިރުކޮށްފައެވެ.

އަދި ޕީޕީއެމްގެ އޮފީސް ކުރިން ހިންގި ޢިމާރާތް ހ. ތެމާ އާއި ސެކްރެޓަރީ ޖެނެރަލް ޢަލީމް ދިރިއުޅުއްވާ އެޕާޓްމަންޓުވެސް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ.

 

Rate this post