ވީއެންމެ އަވަހަކަށް ދިއްދޫ ގަބުރުސްތާނުގެ މަސައްކަތް ނިންމައިދިނުމަށް އެރަށު ކައުންސިލުން އެދެފި

ވީއެންމެ އަވަހަކަށް ދިއްދޫ ގަބުރުސްތާނުގެ މަސައްކަތް ނިންމައިދިނުމަށް އެރަށު ކައުންސިލުން އެދެފިއެވެ.

ހއ. ދިއްދޫ ކައުންސިލުން ބުނީ އެރަށުގައި މަރުވާ މީހުން ވަޅުލުމަށް ބޭނުން ކުރަމުން އައި ދެ ގަބުރުސްތާންވެސް މިހާރު ފުރިފައިވާ ކަމަށެވެ. އަދި އެތަނުން އެއްގަބުރުސްތާނުގެ އެތެރޭގައި 1400 އަކަފޫޓުގެ ތަންކޮޅަކަށް ކައުންސިލުގެ ޚަރަދުގައި ފަސް އަޅައިގެން ބޭނުން ކުރަމުން އައި ނަމަވެސް ވާރޭ ވެހުމުން ފަސްތައް ދެމިގެން ދިއުމުން ރަށުތެރެއަށް ކުނިވަސް ދުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންކަމުން ރަށުގައި ބަލި މަޑުކަމެއް ފެތުރިދާނެ ކަމަގެ ބިރު އޮތުމާއެކު ވީ އެންމެ އަވަހަކަށް ގަބުރުސްތާނުގެ މަސައްކަތް ނިންމައިދިނުމަށް އެމްޓީސީސީގެ ފަރާތުން އެދޭ ކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ.

“ އަސްލު ގަބްރުސްތާނު ފުރުމުގެ މައްސަލަ ދިމާވީ ކުރިއްސުރެ ވަޅުލަމުން އައީ ވަކި ތަރުތީބެއް ނެތި. އެހެންވީމަ މިހާރު މިވާގޮތަކީ މީހަކު މަރުވުމުން ވަޅުލަން ކޮންނަ ކޮންމެ ދިމާލަކުން ކަށި ފެނުން. “ ދިއްދޫ ކައުންސިލުން ބުންޏެވެ.

އާބާދީގައި 4286 މީހުން ދިރިއުޅޭ ދިއްދޫ އަކީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށަށްވުމުން އަތޮޅުގެ އެހެނިހެން ރަށްރަށުން ހާލުބޮޑުވެގެން ގެންނަ މީހުން މަރުވުމުން އެރަށުގައި ވަޅުލަން ޖެހޭ ހާލަތްތައް އަންނަ އިރު،  އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢު ނިމުމުން ވަކި ތަރުތީބެއްގެ ދަށުން މީހުން ވަޅުލުމުގެ އިންތިޒާމު ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.