ހުޅުމާލޭ ރެހެންދި ސްކޫލުގެ ޕީ.ޓީ.އޭ އިން ހިންގާ އެކި ހަރަކާތްތަކަށް ޚަރަދު ކުރުމަށް ފައިސާ ހޯދުމުގެ މަޤުޞަދުގައި ބޭއްވި ނައިޓް މާކެޓަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ރެހެންދި ސްކޫލުގެ ޕީޓީއޭ އިން ބުނެފިއެވެ.
މި މަހުގެ 3 ން 12 އަށް ކަމަށް ހުޅުމާލޭގައި ބޭއްވި މި ނައިޓް މާކެޓުގައި ތަފާތު ބާވަތްތަކުގެ މުދާ ވަނީ ވިއްކާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންކުޅޭ ސާމާނާއި ބަދިގޭ ސާމާނާއި ކުޑަކުދިންނާއި އެކި ޢުމުރުފުރާއަށް ކަމުދާ އަންނައުނު ހިމެނެއެވެ. އަދި ތަފާތު ބާވަތްތަކުގެ ކާބޯތަކެތިވެސް ހިމެނެއެވެ.
ޕީޓީއޭ އިން ބުނީ ފައިބެއަހަރު ބޭއްވި ނައިޓް މާކެޓަށް ދުވާލަކު ގާތްގަޑަކަށް 5000 މީހުން ވަދެފައިވާ ކަމަށާއި މިއަހަރުގެ ނައިޓް މާކެޓަށް އެ ޢަދަދު ދެގުނައަށް އަރާފައިވާ ކަމަށެވެ.
“ ކުރީ އަހަރު ވަނީ ދުވާލަކު 5000 މީހުން ގާތްގަޑަކަށް. އެކަމަކު މިއަހަރު އެއާ މުޅިން ޚިލާފަށް މީހުން ވަން. ހީވަނީ އެ ޢަދަދު ދެގުނައަށް އަރާނެ ކަމަށް “ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދުގައި ބޭއްވި ނައިޓް މާކެޓާއި ބެހޭގޮތުން ރެހެންދި ސްކޫލު ޕީޓީއޭގެ މެމްބަރަކު ވިދާޅުވިއެވެ.
މިއީ ރެހެންދި ސްކޫލުން މިއަހަރު ބޭއްވި މިފަދަ ދެވަނަ ނައިޓް މާކެޓެވެ.
- ފޮޓޯ: ސާއި
- ފޮޓޯ: ސާއި