މެލޭޝިއާގައި ތިބި ދިވެހި ދަރިވަރުންނަށް އަމާޒުކޮށް ”އެކުއެކީގައި“ އޮރިއެންޓޭޝަންގެ 4ވަނަ ސެޝަން ބާއްވައިފި

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމް ”އެކުއެކީގައި“ ގެ 4 ވަނަ ސެޝަން ދިވެހި ދަރިވަރުންނަށް ބާއްވައިފިއެވެ.

މިފަހަރުގެ ސެޝަން އަމާޒުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ/އޮކްޓޯބަރ އިންޓޭކަށް އަލަށް ކޮލެޖް އަދި ޔުނިވަރސިޓީތަކާ ގުޅުނު ދަރިވަރުންނަށް ކަމަށް ހައިކޮމިޝަނުން ފާހަގަކުރައްވައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިޕްރޮގްރާމްގެ މަޤްސަދަކީ މެލޭޝިއާގައި ދިވެހި ދަރިވަރުން ފުރިހަމައަށް ތަޢުލީމް ހާސިލްކުރުމަށްޓަކައި އެކި ދާއިރާއިން އަހުލުވެރިކުރުވުމެވެ. މީގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން މަތީތިބެ ކިޔެވުން، މެލޭޝިއާގެ އާދަކާދަޔާ ސަޤާފަތް، ހައިކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރުން ސިއްޚީ އަދި ތަޢުލީމީ ދައިރާއާއި ގުޅުންހުރި ކަންކަމުގައި އަހުލުވެރިކޮށްދިނުން ހިމެނެއެވެ.

ޒިންމާދާރު އަދި ކާމިޔާބު މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި މިޕްރޮޤްރާމްގައި ބައިވެރިވުމަކީ މުހިންމު ކަމެއްކަމުގައި ހައިކޮމިޝަނުން ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮޤްރާމްގެ ޒަރިއްޔާއިން ދަރިވަރުންނަށް އެނގެން ބޭނުންވާ މުހިންމު މަޢުލޫމާތު ލިބި، ތަޢުލީމީ ހަޔާތުގައި މި މުޖުތަމައުއަށް ފުރިހަމަޔަށް އަހުލުވެރިވެގެން ދާނެކަމަށްވެސް ހައިކޮމިޝަނުން މަޢުލޫމާތު ދެއްވިއެވެ.

އަހުލުވެރިކުރުމުގެ މިޕްރޮގްރާމްގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ 12 އޮކްޓޯބަރ 2024ގައި ދިވެރާއްޖޭގެ ހައިކޮމިޝަންގެ އިދާރާގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.