އިޒްރާއީލުން މިނިވަންކުރި 154 މީހުން ވަޒަނަށް ދިޔަނުދީ ޤައުމުން އަރުވާލައިފި

ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިޒްރާއީލުން މިނިވަންކުރި ފަލަސްތީނުގެ 154 މީހުން އަލުން އަނބުރާ އެމީހުންގެ ވަޒަނަށް ދިޔަނުދީ، އެހެން ގައުމުތަކަށް އަރުވާލައިފިއެވެ.

އެމެރިކާ މެދުވެރިއަކަށްވެ މިސްރުގެ އެއްބާރުލުމާއެކު އުފައްދާފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ދެފަރާތުންވެސް ވަނީ ހަނގުރާމައިގެ ރަހީނުން ދޫކުރުމަށް އެއްބަސްވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން މިސްރުގެ ރެޑް ކްރެސެންޓްއިން މޮނިޓަރކޮށް، ޙަމާސްގެ ބެލުމުގެ ދަށުގައިވާ ރަހީނުން ސަލާމަތްތެރިކަމާއެކު ދޫކޮށް، އިޒްރާއީލްއާއި ހަވާލުކޮށްފައިވާއިރު، އިޒްރާއީލުން ކަންކޮށްފައި ވަނީ ވަރަށްވެސް ރަޙުމްކުޑަކޮށެވެ. ފަލަސްތީނުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، އިޒްރާއީލްގެ ހައްޔަރުގައި ބައިތިއްބާފައިވާ ފަލަސްތީނުގެ 154 ރަހީނުން ދޫކުރިނަމަވެސް، އެމީހުން އަނބުރާ އެމީހުންގެ ވަޒަނަށް އަދި އާއިލާތައް ކައިރިއަށް ދިއުމަށް ހުއްދަ ދީފައި ނުވާ ކަމުގަ އެވެ.

ގައުމުން ބޭރުކޮށް އަރުވާލާ ޚަބަރު ލިބުމުން އެމީހުންގެ އާއިލާތަކުން ބުނެފައިވަނީ، މި ލިބުނު މިނިވަންކަމަކީ ހިތިފޮނި މިނިވަންކަމެއް ކަމަށެވެ.

ފަލަސްތީނުން ބޭރުކޮށް ޑިޕޯޓް ކޮށްފައިވަނީ ފާއިތުވި 2 އަހަރުގެ ހަނގުރާމައިގައި ޣައްޒާގެ އެކި ހިސާބުތަކުން ހައްޔަރުކޮށްފައިވާ 1700 ރަހީނުންނާއި އަދި އެހެނިހެން ގޮތްގޮތުން ހައްޔަރު ކޮށްފައިވާ 250 މީހުންގެ ތެރެއިން މިނިވަން ކުރުމަށް އެއްބަސްވެ، އެންމެފުރަތަމަ ބުރުގައި މިނިވަންކުރި 154 މީހުންނެވެ.

މީގެތެރެއިން ގިނަ މީހުންނަކީ އދ އިން ބަޔާންކޮށްފައިވާ ގޮތުގައި، އިޒްރާއީލުން ގަދަކަމުން ގެއްލުވާލާފައިވާ މީހުންނެވެ. އިޒްރާއީލުން މިހެން ކަންކޮށްފައިވާއިރު ޙަމާސްއިން ވަނީ އެއްބަސްވުމާއި އެއްގޮތަށް އިޒްރާއީލުގެ 20 މީހުން ހޯމަދުވަހު މިނިވަން ކޮށްފައެވެ.
އިޒްރާއީލުން ދޫކުރި މީހުން އަރުވާލާ ގައުމެއް އަދި ޔަގީން ނުވިނަމަވެސް، ފާއިތުވި ޖެނުއަރީމަހު އެއްބަސްވުމެއްގެ ދަށުން ދޫކުރި ފަލަސްތީނުގެ ގައިދީން ވަނީ ޓުނީޝިއާ، އަލްޖީރިއާ އަދި ތުރުކީއަށް ޑިޕޯޓުކޮށްލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.