ތޫނު އެއްޗަކުން ޙަމަލާދީ ރޭ ޒަޚަމްކޮށްލި ޒުވާނާއަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

ތޫނު އެއްޗަކުން ޙަމަލާދީ ރޭ ޒަޚަމްކޮށްލި ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ހެންވޭރު ދުނބުރި މަގުގައި ހުންނަ، ދިރުހަމް ފިހާރަކުރިމަތީގައި ރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ޢުމުރުން 18 އަހަރުގެ ޒުވާނަކަށެވެ. އަދި ރޭ ގާތްގަޑަކަށް 20:50 އެހާކަންހާ އިރު، އެ ޒުވާނާއަށް ތޫނުއެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލާފައިވާ އިރު، ގާތްގަޑަކަށް 21:00 އެހާކަންހާ އިރު، އޭނާ ހޮސްޕިޓަލަށް ގެންގޮސް ރޭވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭޑިކޭ ހޮސްޕިޓަލުން ބުނީ އެ ޒުވާނާ އައިސީޔޫއަށް ބަދަލުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އަލަށް ފާސްކުރި ޤާނޫނު އޮތްގޮތުން ބަލި މީހާއަށް ލިބުނު އަނިޔާތަކުގެ މަޢުލޫމާތު މީޑިއާއަށް ހަމާކުރެވެން ނެތް ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ރޭ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާ އޭޑީކޭއަށް ގެނައި އިރު، ވާހަކަ ދެއްކި ނަމަވެސް މިހާރު އޭނާއޮތީ ވާގިނެތިފައެވެ.

ފުލުހުންގެ މީޑިއާ އިން އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމަުން ބުނީ ރޭގެ އެ ޙާދިޘާ އާގުޅިގެން މިހާތަނަށް 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.