
ރާއްޖެއިން ޢާންމުކޮށް ނުފެންނަ ބާވަތެއްގެ ބޯވަދިލަމަހެއް ބާނައިފި
ރާއްޖެއިން ޢާންމުކޮށް ނުފެންނަ ބާވަތެއްގެ ބޯވަދިލަމަހެއް ބާނައިފިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑައިމަންޑްބެކް ސްކްއިޑްގެ ބޯވަދިލަމަސް ބާނާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އަދި 11 ކިލޯގެ މި މަސް ބާނާފައިވަނީ ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ މަސްވެރިކަމުގެ ޕްރޮގްރާމެއްގެ ދިރާސާ މަސައްކަތުގައި އުޅުނު ޓީމަކުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މަސްވެރިކަމާ ބެހޭ މަޢުލޫމާތު ގެނެސްދޭ ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ޑައިމަންޑްބެކް ސްކްއިޑްއަކީ 100 ސެންޓިމީޓަރަށް ދިގުވާ އަދި 30 ކިލޯއަށް ބަރުދަން ހުންނަ އެއްޗެކެވެ.



