އާޖެންޓީނާއަށް ވެސް ބާރުގަދަ ބިންހެލުމެއް.

އާޖެންޓީނާއަށް ވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ އާޖެންޓީނާގެ އިރު އުތުރުން ޗިލީއާއި ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ލަރިއޮޖާ ޕްރޮވިންސްގެ އަވަށަކަށެވެ.

އިޝްތިހާރު Below Header ad

އާޖެންޓީނާއަށް އައި މި ބިންހެލުމުގެ ބާރުމިން 6.2 މެގްނިޓިއުޑަށް އަރާފައިވާއިރު އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 100 އެއްހައި ކިލޯމީޓަރު އަޑިން ކަމަށް އެމެރިކާގެ ޖިއޮލިކަލް ސާވޭއިން ދައްކާފައިވާ ކަމަށް އެފަރާތުން ޚަބަރުދެއެވެ.

މި ބިންހެލުމަށްފަހު އެ އަވަށަށް އިތުރު ކުދިކުދި ލޮޅުންތައްވެސް އައިސްފައިވާ ކަމަށާއި ބާރުގަދަ އިތުރު ބިންހެލުންތައް އައިސްދާނެކަމުގެ ބިރުވެސް އެސަރަހައްދަށް އަދިވެސް އޮތްކަމަށް އެ ފަރާތް ތަކުން ޚަބަރުދެއެވެ.

މި ހާދިސާގައި ލިބުނު ގެއްލުން ތަކުގެ ތަފްޞީލެއް އަދި ލިބިފައި ނުވެއެވެ. 6.2 މެގްނިޓިއުޑުގެ ބިން ހެލުމެއް އާޖެންޓީނާއަށް މިއަދު އައިސްފައިވާއިރު މިމަހުގެ ކުރީކޮޅުގައިވެސް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އެގައުމަށް ވަނީ އައިސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.