އިސްރާއީލުގައި ހުރި މިސްކިތްތަކުން ބަންގީގެ އަޑު ކަނޑާލުމަށް ނަތަންޔާހޫ ތާއީދު..

އިސްރާއީލުގައި ހުރި މިސްކިތްތަކުން ބަންގީގެ އަޑު ކަނޑާލުމަށް ނަތަންޔާހޫ ތާއީދު ކޮށްފިއެވެ.

ކެބިނެޓް މީޓިންގ ގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ އިސްރާއީލުގައި ހުރި މުސްލިމުންގެ މިސްކިތްތަކުގައި ޕީއޭ ސިސްޓަމް ބޭނުންކޮށްގެން ބަންގިގޮވުން ހުއްޓުވުމަށް ހުށަހެޅިފައިވާ ބިލަކަށް ތާއީދުކުރާ ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި އަޑުގަދަކުރާ ބޭނުންކޮށްގެން މިސްކިތްތަކުން ބަންގި ގޮވާތީ އެކަމާ އުނދަގޫވެގެން އިސްރާއީލުގެ އެކި ކަންކޮޅުތަކުން ޢާންމުންނާއި އެހެން ދީންތަކުގެ މީހުންގެ ޝަކުވާވެސް ހުށަހެޅެމުންދާ ކަމަށެވެ.

ކެބިނެޓްގެ ޖަލްސާގެފަހުން ކެބިނެޓްގެ ކޮމިޓީއަކުން މިބިލް ދިރާސާކުރަން ފަށާފައިވާ އިރު، ދިރާސާއަށްފަހު ޕާލަމެންޓަށް ހުށަހަޅައި ޤާނޫނަކަށް ހަދާނެއެވެ.  އަދި މިބިލުގައި ދީނީ އަޅުކަންކުރާ ހުރިހާތަނެއްގެ ވާހަކަ ބުނެފައި އޮތްނަމަވެސް މިއީ ސީދާ މުސްލިމުންގެ މިސްކިތްތަކުގައި ބަންގިގޮވުން ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ޤަބޫލު ކުރެވެއެވެ.

އިސްރާއީލުގެ އާބާދީގެ %17.5 އަކީ އަރަބީންނަށްވާ އިރު، އޭގެ ތެރެއިންވެސް ގިނައީ މުސްލިމުންނެވެ. އަދި އިސްރާއީލުގައި އަޣުލަބިއްޔަތު އޮންނަ ޔަހޫދީން މުސްލިމުންނާމެދު ތަފާތުކުރުންތައް ގެންގުޅޭ މައްސަލާގައި އިސްރާއީލުގެ މުސްލިމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއެވެ.

ބަންގީގެ އަޑު ކަނޑުވާލަން ނަތަންޔާހޫގެ ސަރުކާރުން ކުރާ މަސައްކަތާ އިސްރާއީލުގެ އަމިއްލަ ޖަމާޢަތްތަކުން ދެކޮޅު ހަދަމުން އަންނަ އިރު، އިސްރާއީލީ ޑިމޮކްރަޓިކް އިންސްޓިޓިއުޓްއިން ބުނެފައިވަނީ ސަރުކާރުން އަޅަންއުޅޭ މިފިޔަވަޅަކީ ދީނީ މިނިވަންކަމަށް ކަނޑައެޅިގެން ހުރަސްއެޅުން ކަމަށެވެ.

ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލު ޤާއިމްކުރިފަހުން އިސްރާއީލުގައި ވެރިކަންކުރާ ކަނާތު ފިޔައަށް އެންމެ ބޮޑަށް ޖެހިފައިވާ ސަރުކާރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.