ނިއުޒީލޭންޑަށް ބާރުގަދަ ބިންހެލުމަކާއެކު އެރި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ.

ިއުޒިލެންޑްގެ ސައުތު އައިލެންޑަށް 7.8 މެގްނެޓިއުޑް ގެ ބާރު ގަދަ ބިންހެލުމެއް އައިސް އެގައުމުގެ ސައުތު އައިލެންޑް ޖަޒީރާ އަށް ސުނާމީ އަރައިފި އެވެ.

ސައުތު އައިލެންޑް ޖަޒީރާއަށް މި ބިންހެލުމާއި ގުޅިގެން ސުނާމީ އަރާފައި ވަނީ  ބިންހެލުން އައިތާ ދެ ގަޑިއިރުފަހުންނެވެ.

އިޝްތިހާރު Below Header ad

ނިއުޒިލެންޑްގެ ސައުތު އައިލެންޑަށް 7.8 މެގްނެޓިއުޑް ގެ ބާރު ގަދަ ބިންހެލުމަކާއެކު ސައުތު އައިލެންޑް ޖަޒީރާ އަށް ސުނާމީ އަރާފައިވާއިރު ސައުތު އައިލެންޑަށް އަރާފައި ވަނީ ހަ ފޫޓް ފަސް އިންޗި އުސްމިނުގައި ހުރި ބޮޑު ރާޅުތަކެކެވެ.

މި ސުނާމީ ސައުތު އައިލެންޑަށް އަރާފައިވަނީ މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އަރާނެ ކަމުގެ އިންޒާރު ދިންތާ މާގިނައިރުތަކެއް ނުވަނީހެވެ.

_92421732_ec8ea231-21e1-4774-b308-e5e20c9ca3f9

ނިއުޒީލެންޑްގެ ސައުތު އައިލެންޑް އޮންނަނީ ނިއު ޒިލެންޑްގެ ކްރިސްޓްޗާޗް ސިޓީއާ 95 ކިލޯމީޓަރު ދުރުގަ އެވެ.

ސައުތު އައިލެންޑުގެ އިތުރުން ކްރިސްޓްޗާޗް ސިޓީ އާއި ވެލިންޓޮން އަދި ކެތަމް އައިލެންޑްސް އަށް ވެސް ސުނާމީ އަރާނެ ކަމުގެ އިންޒާރު ދީފައިވާއިރު ނިއު ޒިލެންޑަކީ އެންމެ ނުރައްކާތެރި “ރިންގް އޮފް ފަޔާ” އޭ ކިޔުނު ޓެކްޓޯނިކް ސަރަހައްދަށް ނިސްބަތްވާ ގައުމެކެވެ.

_92420890_7608eab3-619b-42c5-a08b-102a66e21cf0

ދުނިޠެގައި ބިންހެލުން އެންމެ އާންމު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނިއުޒީލެންޑަށް އެރި މިސުނާމީއާ ގުޅިގެން ލިބުނު ގެއްލުންތަކަށް ބަލާއިއިރު ގިނަ އަދަކަށް މީހުން ދިރިއުޅޭ ގެތަކާއި ބައެއް އިމާރާތް ތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެހެން ނަމަވެސް މިފަހަރުގެ މި ސުނާމީގައި މަރުވި މީހުންގެ އަދަދު އަދި ވަނީ ދާފުވާގޮތް ނުވެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި މީ އެގައުމަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

_92421739_9e1c61b8-2fdc-4f4d-a326-11d18b1e61a2

މި ބާރުމިނުގައި އެގައުމަށް 2011 ވަނަ އަހަރުވެސް ބިންހެލުމެއް އައިސް ސުނާމީ އެއް އަރާފައިވާއިރު އެފަހަރުގެ މިހާދިސާގައި 185 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.