ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ޤައުމުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް: ޑިފެންސް މިނިސްޓަރ

ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ޤައުމުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށްކަމަށް ޑިފެންސް މިނސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަޝްރަހު މިއަދު އޮތީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު އޮތް ގޮތަށް ނޫން ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު ޤައުމަށް ސުލްހަ މަސަލަސްކަން ހޯއްދަވައިދެއްވައިފި ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ”އެމަނިކުފާނު މަސައްކަތް ޕުޅު ކުރައްވަމުން އެ ގެންދަވަނީ ޤައުމުގަ ހުރި މައްސަލަތަކަށް، ފަހަރެއްގައިވެސް އިދިކޮޅު ފަރާތްތަކަކުން ނުވަތަ އިދިކޮޅު ފަރާތްތަކަށް ދެއްވާނެ ރައްދަކަށް ބައްލަވައިގެންނެއް ނޫން. “ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ޤައުމަށް އިޚްލާސްތެރި ބޭފުޅުން ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެބަތިއްބެވި ކަމަށާއި އެކަމަކީ ރައީސް ޔާމީނަށް 2018 ކާމިޔާބު ވާނެ ހެއްކެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.