އަމިއްލަ ވިޔާފާރިއެއް ފެށުމަކީ ގިނަޒުވާނުންގެ ވަރަށްބޮޑު ހުވަފެނެކެވެ. މި ހުވަފެން ކާމިޔާބު ކުރުމަށް ދުނިޔޭގެ ކަންކޮޅު ތަކުގައި ޒުވާނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދެއެވެ. މިގޮތުން މިބަލައިލަނީ އެމެރިކާ އަށް އުފަން އުމުރުން 28 އަހަރުގެ ޖޯޑަން ފްލިގަލް 2011 ވަނަ އަހަރު ފެށި ”ކޯޗް އަޕް“ ކުންފުނީގެ ކާމިޔާބީގެ މައްޗަށެވެ.
ޖޯޑަން ފްލިގަލް ކުޑައިރު ބާސްކެޓް ބޯޅަ ޝައުޤުވެރިކަން ހުރިނަމަވެސް އޭނާއަކަށް މާމޮޅަކަށް ބާސްކެޓް ބޯޅައެއްނުކުޅެވެއެވެ. މިހެންކަމުން ކޯޗެއްގެ އެހީތެރކަންބޭނުންވެ އެކިގޮތްގޮތުން ކޯޗުން ހޯދުމަށް މަސައްކަތްފެށުނެވެ. މި މަސައްކަތުގެ ނަތީޖާ އަކީ ކޯޗުން ހޯދާނޭގޮތެއް ފަރުމާކުރެވި ވިޔާފާރިއަކާއި މެދު ވިސްނަންފެށުމެވެ.
މިގޮތުން 2011 ވަނަ އަހަރު ކޯޗްއަޕް. ޑޮޓްކޮމް އުފެދިގެން އައެވެ. މި ކުންފުނި އުފެދުނުތާ ތިން އަހަރު ވީއިރު 13000 ޓްރައިނަރުން 100000 (އެއްލަކަ) މީހުންްނަށް ތަމްރީނު ދީފައިވެއެވެ. ޖޯޑަން ފްލިގަލް ގަބޫލުކުރާގޮތުގައި މި ކުންފުނި ކާމިޔާބުވީ ވަރަށް ބުރަ މަސައްކަތާއި އެކު މި ކުންފުނީގެ ވެބްސައިޓުގައި ރަޖިސްޓްރީ ކުރި މަޤްބޫލުކޯޗުންގެ ސަބަބުންނެވެ. އެ ކޯޗުންނަކީ ތަމްރީނު ލިބިގަންނަ ފަރާތްތަކުގެ ސަމާލުކަމާއި އެހީތެރިކަން ބޭނުންވެފައިވާ ބަޔަކަށްވީތީއެވެ.
ކުންފުނީގެ ނަން : ކޯޗްއަޕް
ހެޑް އޮފީސް: ބޮސްޓަން
އުފެއްދިފަރާތް : ޖޯޑަން ފްލިގަލް
ކުންފުނި އުފެއްދި އަހަރު : 2011
މަސައްކަތް ކުރާ މުއައްޒަފުންގެ އަދަދު: 5
ވެބްސައިޓް: www.coachup.com