ލޯކަލް ކައުންސިލު އިންތިޚާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ކުރައްވައިފިންތޯ؟

އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް އެމީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ވޯޓު ލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ އިރު، އެ ފުރުޞަތުގެ ބޭނުން މިހާތަނަށް ހިއްޕަވާފައިވަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟

ވިސްނަވާ ލައްވާށެވެ. ކޮންމެ ވޯޓަކީވެސް ނަތީޖާ ބަދަލުކޮށްލެވިދާނެ ހަތިޔާރަކަށްވީ އިރު، ވޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެންމެފަހު ވަގުތާއި ޖެހެންދެން މަޑުނުކުރައްވާ ރީ-ރެޖިސްޓްރީ ކުރުމަށް އަވަސްވެގަންނަވާށެވެ.

އިޝްތިހާރު Below Header ad

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވީ ނަމަވެސް އެކަމަށް ލިބެމުންދަނީ ވަރަށްވެސް ” ފިނި ” ތަރުހީބެއް ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން ބުނީ ރެޖިސްޓްރީ ކުރި މީހުންގެ ޢަދަދު ހާހަކަށްވެސް ނާރާ ކަމަށެވެ. ” ޢާންމުގޮތެއްގައި މިވާ ގޮތަކީ ކޮންމެ ބޭފުޅަކުވެސް ފޯމު ހުށަހަޅުއްވަނީ އެންމެ ފަހި ވަގުތު. އެހެންވުމުން މި ކޮމިޝަނަށްވެސް ވަރަށް އުނދަގޫތަކާ ކުރިމަތިވޭ. ” އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އަދި އެންމެ ފަހު ވަގުތު ފޯމު ހުށަހަޅަން މަޑު މަޑުކުރުމުން އެ ކޮމިޝަނުގެ އިތުރުން ފޯމު ހުށަހަޅާ މީހާއަށްވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހެއެވެ. ” ދިގު ކިޔުއެއްގައި ޖެހި ވަގުތުތަކެއް ބޭކާރުވުން، ފޯމު ހުށަނޭޅިގެން ލަސްވަމުންދާތީ ސިކުނޑިއަށް ލިބޭ ނުތަނަވަސްކަން ” މިއީ ހައްތާވެސް ފޯމު ހުށަހަޅާ ފަރާތަށް ދިމާވާނެ ކަންތައްތަކެވެ.

އަޅުގަނޑުމެންނަކީ އަބަދުވެސް އަވަދިނެތި މަސައްކަތުގައި ހޭބޯނާރާ އުޅޭ ބަޔަކަށްވާ އިރު، ވަގުތު އޮއްވާ ދުރާލާ ކަންކަން ނިންމުމަށް ސަމާލުވުން މުހިންމެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓުލާ މީހުންގެ އާބާދީ 254،870ށް އަރާ އިރު، އޭގެތެރޭން ރީ-ރަޖިސްޓްރީ ކުރުމަށް ގާތްގަނޑަކަށް 65،000 މީހުން ހުށަހަޅާނޭކަމަށް އަންދާޒާކުރާ ކަމަށެވެ.

އިންތިޚާބެއް ކާމިޔާބުކަމާއެކު ނިންމާލެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުންވެސް ލިބިގެން ކަމަށްވާ އިރު، އެކަމަކަށް ކަނޑައަޅާފައިވާ އުޞޫލުތަކާއި ހަމަތަކަށް ފުރިހަމައަށް ބޯލަނބާ، ކަނޑައަޅާފައިވާ ވަގުތުގައި ކުރުމަށް ސަމާލުވެއްލައްވާ، ފުރުޞަތުގެ ބޭނުން ހިއްޕަވާ ކުރިއަށް އޮތް އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ކޮށް ނިންމާލަން އެންމެން އަތުކުރި އޮޅާލައްވާށެވެ.

” ދިވެހީން ދިވެހިންގެ ގޮތުގައި ” ތިބުމަކީ އެންމެ ފަހުވަގުތު ކަންކަން ކުރުމަށް ތިބުމެއް ނޫނެވެ. ދުރާލާ ވަގުތު އޮއްވާ އެކަންކޮށްނިންމާލާ، ސިކުނޑިން އެކަން ނެރެ، ސިކުނޑީގައިވާ ބުރަކަން ފިލުވާލިމެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.