
ބޭނުންނުކޮށް ދޫކޮށްލާފައިހުންނަ ވެހިކަލްތައް ނަގަންފަށައިފި
މާލޭގެ ސިޓީގެ މަގުތައްމައްޗަށް ބޭނުންނުކޮށް ގިނަދުވަސްވަންދެއް ދޫކޮށްލާފައިހުންނަ ވެހިކަލްތައް ނަގަން ފަށައިފި އެވެ.
އެކްސްގައި ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވަނީ މާލެ ސިޓީގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޭލެ ސިޓީ ކައުންސިލް އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއިބެހޭ ވުޒާރާތައް ގުޅިގެން ކަމަށެވެ.
އަދި މިއީ މާލޭގެ މަގުތަކަކީ އެންމެންނަށްވެސް ރައްކާތެރި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެއިދާރާއިން އެކްސްގައި ހާމަކޮށްފައިވެ އެވެ.
މީގެކުރިންވެސް މިގޮތަށް މަގުތައްމަތީގައި ގިނަދުވެސްވަންދެން ބަހައްޓާފައިވާ ވެހިކަލްތައް ވަނީ ޓޯކޮށްފައެވެ. އަދި މިގޮތަށް ޓޯކުރި ބައެއް ވެހިކަލްތައް އޮންނަ އުސޫލްގެދަށުން ބައު ދަގަނޑުގެ ގޮތުގައި ވަނީ ނައްތާލާފަ އެވެ.



