ޝަރަފްވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށް..

ޝަރަފުވެރިކަމުގެ ޤައުމީ އިނާމް 4 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އަރުވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ކުރިއަށްދާ ރަސްމިއްޔާތުގައި މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ލިބިވަޑައިގެންނެވީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހއ. އުތީމު، އަލިމަސް، އާދަމް އަބްދުއްރަހުމާން، ތާރީޚާއި ބެހޭ ފޮތް އެކުލަވާލައި ޝާއިއު ކުރުމުގެ ދިރާސާ ކުރުމުގެ ދާއިރާއިން މއ. ކަށިމާ، ކަށިމާ އަހުމަދު ޝާކިރު، ޖަމާއަތަށް ހިދުމަތް ކުރުމުގެ ރޮނގުން ދާއިރާއިން ޅ. ނައިފަރު، މަދުގަސްދޮށުގެ، މުހައްމަދު ނިޒާރު އިބްރާހިމް އަދި ޕާރފޯމިން އާޓްސްގެ ދާއިރާއިން ގ. އަލިފުށީގެ އަހުމަދު ނާޝިދަށެވެ.

އިޝްތިހާރު Below Header ad

މީގެ ތެރެއިން އުތީމު އާދަމް ޢަބްދުއްރަޙްމާން ވަނީ ދިވެހި ސަރުކާރަށް 42 އަހަރު ޚިދުމަތް ކުރައްވައި، ޅެންވެރިކަމުގައި ތަފާތު ޅެންތަކެއް ހަދާފައެވެ. އޭނާގެ ޅެންތަކަކީ މަޝްހޫރު ޅެންތަކެކެވެ. ކަށިމާ ޝާކިރަކީ ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ކުޅަދާނަ ފަންނާނެކެވެ.

އަދި ޖަމާއަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ޤައުމީ އިނާމު ލިބިވަޑައިގެން މުހައްމަދު ނިޒާރު އިބްރާހިމަކީ  ދިވެހި ތާރީޚާއި ގުޅުންހުރި ތާރީޚީ ލިޔުންތަކެއް ދުވަހުން ދުވަހަށް ރައްކާ ކުރައްވައި ލައިބުލަރީއެއް އުފައްދާފައިވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.