ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ޓްރަމްޕްގެ ވެރިކަމުގައި ބުރުގާއެޅުން ހުއްޓާލަން މަންމަ ނަސޭހަތްތެރިވެއްޖެ..؟!

އެމެރިކާގެ ރައީސް ކަމަށް ޑޮނާލްޑް ޓްރަމްޕް ހޮވިވަޑައިގަތުމުގެ އުފަލުގައި ބައެއް ފަރާތްތަކުން މަރުހަބާ ކިޔާ އުފާ ފާޅުކުރުމުގެ ހަފްލާތަށް ބާއްވަމުން ގެންދާއިރު އަނެއްބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކޮށް ހިތާމައިގެ ސުޢޫރުތަށް ފާޅުކުރަމުން ނެވެ.

ހިލަރީ ކުލިންޓަނާ ވާދަކޮށް އެންމެ 53 ވޯޓުގެ ތަފާތުން ޓްރަމްޕް އެމެރިކާގެ 45 ވަނަ ރައީސަކަށް އިންތިޚާބުވުމާ ގުޅިގެން އެމެރިކާގެ އާބާދީގެ ބޮޑުބައެއް ދަނީ އެކަމާ ނުރުހުން ފާޅުކޮށް ޓްރަމްޕް އާ ދެކޮޅަށް މަގުމަތީގައި އަޑުވެސް އުފުލަމުންނެވެ.

އިޝްތިހާރު Below Header ad

އެމެރިކާގެ ގިނަބަޔަކު ބުނާގޮތުން ޓްރަމްޕް އަކީ ގައުމެއްގެ ވެރިކަމަށް އެއްވެސް ވަރަކަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށާއި ނަސްލީގޮތުން ތަފާތުކުރުންތަކެއް ގެންގުޅޭ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުންނަ ބޭފުޅެއް ނޫންކަމަށެވެ.

އެގޮތުން ޓްރަމްޕްގެ ވެރިކަމުގައި ގާތްގަނޑަކަށް 41 ޕަސެންޓް ނަސްލީތަފާތު ކުރުން އޮންނާނެ ކަމަށްވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ޓްރަމްޕް އަކީ މުސްލިމުންނަށް ހުރިބިރެއްގެ ގޮތުގައިވެސް ދުނިޔޭގެ ގިނަބަޔަކު ދަނީ ބުނަމުންނެވެ.

 

އެގޮތުން މިގޮތަށް ގިނަބަޔަކު ޓްރަމްޕް އާ މެދުގައި ދެކެން ފެށީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. ޓްރަމްޕްގެ ޕާޓީ “ދަ ރިޕަބްލިކަން” އިން ކެމްޕެއިން ދުވަސް ވަރު މުސްލިމުނަށް ފާޑުކިޔައި އެމީހުން އެމެރިކާއަށް ނުވެއްދުމަށް ގޮވާލާފައިވާއިވެއެވެ.

އެމެރިކާގެ 322 މިލިއަން މީހުންގެ އާބާދީގައި 3.3 މިލިއަން މުސްލިމުން އުޅެމުންގެންދާއިރު ޓްރަމްޕް މިހާރުވެސް ވަނީ މުސްލިމުންނަށް އަމާޒުކޮށް ތަފާތު އިންޒާރުރައް ދެމުންނެވެ.
އެގޮތުން ޓްރަމްޕް އެމެރިކާގެ ރައީސަކަށް އިންތިޚާބުވުމާއި ގުޅިގެން ގިނަ މުސްލިމުންތަކެއް ދަނީ ސޯޝަލް މިޑިއާގައި ވެސް އެކަމާ ކަންބޮޑުވުންތަށް ފާޅުކުރަމުންނެވެ.

އެބައިމީހުން ބުނާގޮތުން ޓްރަމްޕްގެ ވެރިކަމުގައި މުސްލިމުންނަށް އެތަކެއް ތަފާތުކުރުންތަކަކާއި އަނިޔާތަކެއް ލިބެމުންދާނެކަމަށެވެ.

އެ ގޮތުން މުސްލިމުންގެ ތެރެއިން ގިނަބަޔަކު ބުނަމުންގެންދަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ބުރުގާ އަޅައިގެން މަގުތައް މައްޗަށް ނުކުމެ ނޫޅުމަށް އެމީހުންގެ މައިންބަފައިންވެސް ލަފާދެމުންދާކަމަށެވެ.

އެގޮތުން އެމެރިކާގެ ބައެއް މުސްލިމް އަންހެން ކުދިން ސޯޝަލް މީޑިއާގައި ޓްވީޓް މެދުވެރިކޮށް ވެސް ކަންބޮޑުވުންތަށް ފާޅުކޮށްފައިވެއެވެ.

am

a2

a4

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން އިސްލާމްދީން ފޮހެވިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބައެއް ކަމާބެހޭ ފަރާތްތަކުން ބުނަމުންދާއިރު ރައީސްކަމަށް ހޮވުމުގެ ކުރިން ޓްރަމްޕަ ވަނީ އެމެރިކާ އަށް މުސްލިމުން އެތެރެވުން ހުއްޓުވައި އިސްލާމް ދީނަކީ އެމެރިކާއާ ނަފްރަތު ކުރާ ބައެއް ކަމަށް ބުނެފައެވެ.

ވޮޝިންޓަން އަށް ނިސްބަތްވާ އެމެރިކާގެ އިސްލާމީ ކައުންސިލެއްގެ ތަރުޖަމާނަކު ބުނީ ޓްރަމްޕްގެ ވެރިކަމުގައި މުސްލިމުންނާ ދޭތެރޭ ކަންތަށް ކުރަނީ ކިހިނެތްތޯ ބެލުމަށް ގިނަ ބަޔަކު ކެތްމަދުވެފައިވާ ކަމަށާއި އެދުވަސް ވަނީ ވަރަށް ކައިރީގައި ކަމަށެވެ.

އޭނާ ބުނީ ޓްރަމްޕްގެ ފަރާތުން މީގެ ކުރިން ފެނިފައިވާ މުސްލިމުންނާއި އިދިކޮޅު އަމަލުތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށާއި އޭނާ ވަނީ މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ވައުދުތަކެއްވެސް ވެފަކަމަށެވެ.

އެމެރިކާގެ މުސްލިމް ބައެއް ޖަމިއްޔާތަކުންވެސް މި ކަމާ ކަންބޮޑުވުން ފާޅުކުރަމުބް ބުނެފައިވަނީ ޓްރަމްޕް އަކީ އެމެރިކާއާއި މުޅި ދުނިޔޭގެވެސް މުސްލިމުންނަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި އެހެން ނަމަވެސް އެމެރިކާގައި މުސްލިމް ކޮމިއުނިޓީ ދެމެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާން ތައްޔާރަށް ތިބިކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.