ލޯކަލް ކައުންސިލު އިންތިޚާބުގެ މޮނިޓަރ އަދި އޮބްޒާރވަރުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަބު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 24 ވާ ބްރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލޯކަލް ކައުންސިލުގެ އިންތިޚާބު މޮނިޓަރކޮށް އޮބްޒާރވް ކުރުމަށް އެދޭ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚުގައި ކޮންމެ ދުވަހަކުވެސް  8:00 ން ފެށިގެން ހަވީރު 4:00 އާ ހަމަޔަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮބްޒާރވް ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

އިންތިޚާބު އޮބްޒާރވްކޮށް މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  • ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  • ޖިނާޢީ ކުށެއްގައި ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ނުވުން
  • ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެމީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން
  • ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއިބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން، ހިމެނެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައް އޮބްޒަރވް ކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން ކުރިމަތިލުމަށް އެދޭ ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅާނީ http://forms.elections.gov.mv ލިންކުން ކަމަށާއި ފޯމު ހުށަހަޅާނެގޮތުގެ އުޞޫލު އެ ލިންކުން ލިބެން ހުންނާނެއެވެ.

އަދި އެ ފަރާތްތަކަށް ފާސް ދޫކުރާނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށާއި އިންތިޚާބަށް ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑު ހަދައިދޭނީ =/95 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.